މަސްވެރިންނަށް ވިއްކާ ތެލުގެ އަގު މިފްކޯއިން ހެޔޮކޮށްފި

މަސްވެރިންނަށް ވިއްކާ ތެލުގެ އަގު މިފްކޯއިން ހެޔޮކޮށްފި

2 hours ago - 19:49

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ އެއްގޮތަށް ހެޔޮކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.


މިފްކޯއިން މި ބަދަލު ގެނެސްފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، އެސްޓީއޯއިން ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގު ބޮޑުކުރުމާ ގުޅިގެންނެވެ. އެ ބަދަލާއެކު މިފްކޯގެ މަސްގަންނަ ސެންޓަރުތަކުން މަސްވެރިންނަށް ވިއްކާ ޑީސަލުގެ އަގު މީގެ ކުރިން ވަނީ ލީޓަރެއް 27.24 ރުފިޔާއަށް ބޮޑުކޮށްފައެވެ.


މިފްކޯއިން މިއަދު ބުނީ، ސަރުކާރުން ކުރިއަށްގެންދާ "ފަހި ހަކަތަ" ޕްރޮގްރާމުގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެލުގެ އަގު ކުރިއެކޭ އެއްފަދައިން މިހާރު ހެޔޮކޮށްފައިވާ ކަމަށެވެ. މި ނިންމުމަކީ މަސްވެރިންނަށް ލުޔެއް ދިނުމުގެ ގޮތުން ސަރުކާރާއި ކުންފުނި ގުޅިގެން ނިންމި ނިންމުމެކެވެ.


މި ބަދަލާއެކު، މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް މިހާރު ޑީސަލް ލީޓަރެއް ލިބޭނީ 16.54 ރުފިޔާއަށެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް މަސްކިރާ އުޅަނދުފަހަރަށް ޚާއްޞަ އިނާޔަތެއްގެ ގޮތުން ޑީސަލް ލީޓަރެއް 16.04 ރުފިޔާއަށް ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

Advertisement
Advertisement


މީގެ އިތުރުން، ކުރިއެކޭވެސް އެއްގޮތަށް އާންމު ފަރާތްތަކަށް ޑީސަލް ވިއްކަމުންދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުން ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow