ކަސްޓަމްސް އާއި ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ކަސްޓަމްސް އާއި ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

3 hours ago - 11:27
Mar 18, 2026 - 11:29

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމަށް ސަރުކާރުން ގެންގުޅުއްވާ "ޕޭ-ހާމަނައިޒޭޝަން" ސިޔާސަތުގެ ދަށުން، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށްފިއެވެ.


ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ކަސްޓަމްސް އަދި ކަރެކްޝަންސްގެ މުސާރައިގެ އޮނިގަނޑަށް ގެނައި މި ބަދަލު މިދިޔަ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ރަސްމީކޮށް ތަންފީޒުކުރަން ފަށާފައެވެ. މި ބަދަލާއެކު އެ ދެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ދެމުންދާ އޮނިގަނޑު ބަދަލުވެ، މުވައްޒަފުންނަށް މުސާރައިގެ ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.


ސަރުކާރުގެ ޕޭ-ހާމަނައިޒޭޝަން ސިޔާސަތަކީ ދައުލަތުގެ އެކި މުއައްސަސާތަކުގައި އެއް ފެންވަރެއްގެ މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ހުރި މުސާރައިގެ ތަފާތުތައް ކުޑަކޮށް، އިންސާފުވެރި މުސާރައެއް ކަނޑައެޅުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ސިޔާސަތުގެ ދަށުން މުސާރަތައް އެއްހަމަކުރަމުން ދަނީ އެކި ދާއިރާތަކަށް ބަހާލައިގެންނެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ތެރޭގައި ސިވިލް ސާވިސްގެ ބައެއް ދާއިރާތަކާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަ ވަނީ އެއްހަމަކޮށް، ކުރިއެރުން ދީފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ގޮތަށް، މިހާތަނަށް މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ދައުލަތުގެ އެހެނިހެން އިދާރާތަކުގެ މުވައްޒަފުންނަށްވެސް މިއަހަރުގެ ތެރޭގައި މުސާރަ އެއްހަމަވެ، ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.            

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow