އަހަރުގެ ފުރަތަމަ 9 ދުވަހުވެސް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

އަހަރުގެ ފުރަތަމަ 9 ދުވަހުވެސް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

އަހަރުގެ ފުރަތަމަ 9 ދުވަހުވެސް، ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

6 months ago - 12:20
Jan 15, 2024 - 12:38

މިއަހަރުގެ ފުރަތަމަ 9 ދުވަހު ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލަކު 5665 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އަދި އަހަރުގެ ފުރަތަމަ 9 ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަނީ 50،983 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 6640 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. އަދި އެވްރެޖްކޮށް ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި 8.1 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ 2023 ވަނަ އަހަރުގެ ފުރަތަމަ 9 ދުވަހާއި އަޅާބަލާއިރު %6.4 އިތުރުވުމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow