ކްލަބް ވޯލްޑްކަޕްގައި ސަޕޯޓަރުންގެ ފަރާތުން ފަލަޞްޠީނުގެ ހައްޤުގައި 'ލޯބި' މެސެޖުތަކެއް
ސިއޭޓްލް ސައުންޑާސް އަދި ޕީއެސްޖީ ބައްދަލުކު މެޗުގައި ފޭނުން ފަލަޞްޠީނުގެ ދިދައާއެކު. ފޮޓޯ. ވާސަސް އިންސްޓަގްރާމް

ކްލަބް ވޯލްޑްކަޕްގައި ސަޕޯޓަރުންގެ ފަރާތުން ފަލަޞްޠީނުގެ ހައްޤުގައި 'ލޯބި' މެސެޖުތަކެއް

މިއީ ފަލަޞްޠީނަށް ސަޕޯޓްކުރާ ފަރާތަކާ މެދު އެމެރިކާއިން ހަރުކަށިވާވުމަށް ދިން ރަނގަޅު ރައްދެއް

4 hours ago - 16:31
Jun 28, 2025 - 16:51

ފީފާ ކްލަބް ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމި ދެވަނަ ބުރުގެ މެޗުތައް މިރޭ ފަށާއިރު އެންމެ އަޅައިގެން އެއްތަންކޮޅަކީ ކްލަބްތަކުގެ ސަޕޯޓަރުންގެ ފަރާތުން ފަލަޞްޠީނުގެ މިނިވަންކަމަށް ގޮވާލާ, އަދި ފަލަޞްޠީނުގައި އިޒްރާއިލްއިން ހިންގަމުންގެންދާ ޤަތުލްއާން ހުއްޓާލުމަށް ގޮވާލާ ދެމުން އަންނަ މެސެޖުތަކެވެ. 

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި 'އަޑެއްނެތް ބައެއްގެ އަޑު އިއްވައިދިނުމަށް' ސަޕޯޓަރުން އެމީހުންނަށް ލިބޭ ޖާގަ ބޭނުންކުރުމަކީ ފުޓްބޯޅައިގެ ރީތިކަން އިތުރުވާ ކަމެކެވެ. އެހެންނަމަވެސް މީގެ އަނެއްކޮޅަށް ކުރާ ވަކާލާތަކީވެސް ބަހުޘެކެވެ. 


ހާއްސަގޮތެއްގައި ފާއިތުވިހަފްތާގައި ކްލަބް ވޯލްޑްކަލްގެ މެޗުތައް ބޭއްވި އެމެރިކާގެ ގިނަ ސްޓޭޑިއަމްތަކުގައި ސަޕޯޓަރުންވަނީ އެމީހުންގެ ފަލަޞްތީނަށް, ފަލަޞްޠީނުގެ މިނިވަންކަަމަށް ކުރާ ވަކާލާތުގެ ވަރުގަދަ މެސެޖުތަކެއް ދީފައެވެ. 

Advertisement

އެމެރިކާގެ ސިއޭޓްލް ސައުންޑާސް, ތޫނިސްގެ އެސްޕެރަންސް އަދި ސައުދީ އެރޭބިއާގެ އަލް އަޙްލީން ފަލަޞްޠީނާއެކު ތިބިކަން ހާމަކޮށް, ފަަލަޞްޠީނުގެ ހައްޤުގައި ވަރުގަދަ މެސެޖުތަކެއްދިނީ މުހިއްމު މެޗުތަކެއްގައެވެ. ހާޑްރޮކް ސްޓޭޑިއަމްގައި އަލް-އަހްލީން އިންޓަރ މަަޔާމީއާ ދެކޮޅަށް ކުޅުނު މެޗުގައި ފޭނުންވަނީ "ފްރީޑަމް ފޮރ ޕަލަސްޓައިން" ޖަހާފައިއިން ބޮޑު ބެނާއެއް ބަހައްޓާފައެވެ.

ލުމެން ފީލްޑްގައި ޕެރިސް ސެއިންޓް-ޖެމައިން އާ ދެކޮޅަށް އެމެރިކާގެ ސިއޭޓްލް ސައުންޑާސް ބައްދަލުކުރި މެޗުގައި ސިއޭޓްލްގެ ބެނާތަކާއެކު މުޅި ފޭން ސްޓޭންޑް ފުރެންދެން ވަނީ ފަަލަޞްޠީނުގެ ދިދަތައް ވިހުރުވާފައެވެ. 

މީގެ އިތުރުން ލިންކަން ފައިނޭންޝިއަލް ފީލްޑްގައި ތޫނިސްގެ އެސްޕެރަންސް އާއި ޗެލްސީ ބައްދަލުކުރި މެޗުގައި އެސްޕެރަންސް ސަޕޯޓަރުންވަނީ ފަލަޞްޠީނުގެ މިނިވަންކަމަށް ގޮވާލާ ބޮޑު ބެނާއެއްވެސް ބަހައްޓާފައެވެ.

ކްލަބް ވޯލްޑްކަޕް ފެށުނީވެސް އެމެރިކާއިން ހިޖުރަވެރިން އަދި ފަލަޞްޠީނުގެ ހައްޤުގައިވަކާލާތުކުރާ ފަރާތްތަކާ ދެކޮޅަށް އެމެރިކާ ސަރުކާރުން 'ހަނގުރާމައެއް' ފަށާފައިވާ ދަނޑިވަޅެއްގައެވެ. މުބާރާތާއެކު ހިޖުރަވެރިންގެ ބޮޑު ރާޅެއް އެމެރިކާއަށް ބިންދާލާނެކަަމަށް ބުނެ އެކަމާ ދެކޮޅަށް އަޅަންފެށި ފިޔަވަލުތަކާއެކު ގިނަ ބައެއްވެ ވިސާތައްވެސް އެމެރިކާއިން ވަނީ 'ރިޖެކްޓް' ކޮށްފައެވެ. ޙާއްސަގޮތެއްގައި ފަަލަޞްޠީނަށް ތާއިދުބޮޑު ސަރަހައްދުތަކުގެ ރައްޔިތުންނަށެވެ.

އެމެރިކާގެ ފިޔަވަޅުތަކާއެކުވެސް ސަޕޯޓަރުން އަންނަނީ ސްޓޭޑިއަމްތަކުގައި އެމީހުންއަޑު ފަަލަޞްޠީނަށްޓަކައި ނުކެނޑުވޭނެކަން ސާބިތުކޮށްދެމުންނެވެ. ހުދު އެމެރިކާގެ ފަސްގަނޑަށް އުފަން ޓީމުތަކުގެ ސަޕޯޓަރުންވެސް ދަނީ ފަލަޞްޠީނާއެކު ތިބިކަން ފާޅުގައި ހާމަކުރަމުނެެވެ. އޭގެ އެއް ހެއްކަކީ ސިއޭޓްލެ ސަޕޯޓަރުންގެ ފަޅި ފަލަޞްޠީނުގެ ދިދަ ތަކުން ފުރާލުމެވެ.

ކްލަބް ވޯލްޑްކަޕްގެ ޕްރޮމޯޝަނަލް ފޮޓޯއެއްގައި އަލް-އަޙްލީގެ މެދުތެރެއަށްކުޅޭ ހުސައިން އެލް-ޝަހަތްގެ އަތުގައި އަޅާފައި އޮތް ބޭންޑުގައި "ފްރީ ޕަލަސްޓައިން" ޖަހާފައި އިނުމުން ފީފާއިން ވަނީ އެ ފޮޓޯ ޕްރޮމޯޝަނުން ނަގާފައެވެ. ނަމަވެސް އަލް-އަޙްލީގެ ސަޕޯޓަރުން ވަނީ އެމެރިކާގެ ދަނޑުގައި އެކަމަށް ވަރުގަދަ ރައްދެއް ދީ ފަލަޞްޠީނާއެކު ގަދަކޮށް ތިބިކަން ހާމަކޮށްފައެވެ.

ފީފާ އާއި ފުޓްބޯޅައިގެ އެހެން އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށްނަމަވެސް ދުނިޔޭގެ އެންމެ ބޮޑެތި ސްޓޭޖްތަކުގެ ބޭނުންހިފާ ޤަަތުލްއާންމު އަދި އަޅުވެތިކަމާ ދެކޮޅަށް ސަޕޯޓަރުން ދައްކާ ހިތްވަރަކީ 'ނިކަމެތި' ކޮށްފައިވާ ރައްޔިތެއްގެ ހައްޤުގައި ހަމަ 'ވަރަށް ލޯބި' ކަމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow