އިޒްރާއިލްގެ ހަމަލާތަކުގައި އަވަހާރަވި އީރާނުގެ އިސް އަސްކަރީ ކޮމާންޑަަރުން އަދި ސައިންޓިސްޓުންގެ ޖަނާޒާގައި ތެހްރާން ކަރުނައިގައި
ވެރިތަށް ތެޙްރާންގައި މިއަދު ބޭއްވި ޖަނާޒާގެ ތެރެއިން. ފޮޓޯ: އޭޕީ

އިޒްރާއިލްގެ ހަމަލާތަކުގައި އަވަހާރަވި އީރާނުގެ އިސް އަސްކަރީ ކޮމާންޑަަރުން އަދި ސައިންޓިސްޓުންގެ ޖަނާޒާގައި ތެހްރާން ކަރުނައިގައި

އީރާނުގެ ދިދަ އާއެކު އެތައްހާސް ބަޔަކު ވަނީ ޖަނާޒާގައި ބައިވެރިވެފައި

5 hours ago - 15:42
Jun 28, 2025 - 15:50

އިޒްރާއިލްއިން މިމަހު 13ގައި އީރާންއަށް ދޭންފެށި ކުއްލި ހަމަލާތަކާއެކު ކުރިއަށްދިޔަ 12 ދުވަހުގެ ހަނގުރާމައިގައި އަވަހާރަވި އީރާނުގެ އަސްކަރީ އިސް ކޮމާންޑަރުންނާއި ސައިންޓިސްޓުންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިއަދު އީރާންގައި ބާއްވައިފިއެވެ. އަވަހާރަވި 60 ބޭކަލުންގެ ޖަނާޒާގައި އީރާނުގެ އެތައްހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ދުރަށްދެއްކި ޖަނާޒާގެ މަންޒަރުތަކުގައި އާންމުން ކަޅު ހެދުމުގައި އީރާނުގެ ދިދަތަކާއި ކޮމާންޑަރުންނަށާއި ސައިންޓިސްޓުންނަށް އޮތް ލޯބި ހާމަކޮށް ވަނީ ބޯޑުތަކެއްވެސް ގެންގުޅެފައެވެ. އަދި އަވަހާރަވި އީރަނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޯޕްގެ ބޭކަލުންގެ ފޮޓޯތައްވެސް ޖަނާޒާގައި އާންމުންވަނީ ގެންގުޅެފައެވެ.

ވެރިތަށް ތެހްރާންގެ މެދުތެރޭގެ ސަރަހައްދެއްގައި ކުރިއަށްދިޔަ ޖަނާޒާގައި ކޮމާންޑަރުންގެ ސަންދޯއްތައް އީރާނުގެ ދިދައިން ބަނދެލާފައިވާއިރު ކޮމާންޑަރުންގެ ޔުނިޕޯމްތައްވެސް ސަންދޯކުގެ މަތީގައި ފްރޭމްކޮށްފައި ވާ މަންޒަރުތައް ވަނީ ފެނިފައެވެ.

ހަނގުރާމައިގައި އެމެރިކާއިންވެސް ވަނީ އިޒްރާއިލް އާ ގުޅި އީރާންގެ ތިން ނިއުކްލިއަރ ފެސިލިޓީއަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެމެރިކާއިން އަމާންދީ އިޒްރާއިލްއަށް ހަމަލާތައް ހުއްޓާލުމަށް ޕްރެޝަރުކުރީ އީރާނުން ރައްދުގައި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ ވައިގެ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ހަމަލާދިނުމުންނެވެ.

Advertisement
Advertisement

ދެފަރާތުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި އިރު ދެފަރާތުންވެސް ވަނީ ހަނގުރާމައިގެ ކާމިޔާބީ އިއުލާންކޮށްފައެވެ. ނަމަވެސް އަންގާރަ ދުވަހު އީރާންގެ ރޫހާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއި ދެއްވި ވީޑިއޯ ހިޠާބެއްގައިވަނީ އެމެރިކާއިން މާ ބޮޑުކޮށްލައިގެން ކާމިޔާބީއެއް ކަމަށް ދައްކަން އުޅުނަސް ހަޤީގަތުގައި އެކަމުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް މާބޮޑު އަސަރެއް ނުކުރާކަމަށް ވިދާޅުވެފައެވެެ.

އިޒްރާއިލްގެ ދިފާއީ ވަޒީރު, އިޒްރާއިލް ކާޓްޒް އިއްޔެ ވަނީ އިޒްރާއިލްއިން އަސްލު ބޭނުންވީޚާމަނާއީ ގެ ދުވަސްދުއްވާލަން ކަމަށް ބުނެފައެވެ. ނަމަވެސް ހަބަރުތައް ބުނާގޮތުން އިޒްރާއިލްއަށް އެކަން ނުކުރެވުނީ އެމެރިކާގެ ފެހި ސިގްނަލް އެކަމަށް ނުލިބުމުންނެވެ.

މިއަދު ބޭއްވި ޖަނާޒާގައި އީރާނުގެ ބެލިސްޓިކް މިސައިލްސް ޕްރޮގްރާމްސްގެ އިސްވެރިޔާ, ޖެނަރަލް ހޮސައިން ސަލާމީ, އަދި ޖެނެރަލް އާމިރް ޢަލީ ހަޖިދާޒޭގެ ސަންދޯއްތައް ތެޙްރާންގެ އާޒާދީ ސްޓްރީޓްގައި ޓްރަކްގައި ގެންދިޔައިރު އާންމުން ވަނީ "އެމެރިކާއަށް މަރު", "އިޒްރާއިލް އަށް މަރު" މިހެން ގޮވާފައެވެ.

ހަމަލާތަކުގެ ފުރަތަމަ ދުވަހު ސަލާމީ އަދި ހަޖިޒާދޭގެ މަރާއެކު އިޒްރާއިލްއިން ވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ފުނޑާލެވުނުކަން އިއުލާންކޮށްފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow