ހިޔާވަހި ސްކީމްގެ ލޯނު ޖުލައި މަހު ދޫކުރަން ފެށޭނެ- މިނިސްޓްރީ

ހިޔާވަހި ސްކީމްގެ ލޯނު ޖުލައި މަހު ދޫކުރަން ފެށޭނެ- މިނިސްޓްރީ

4 hours ago - 15:02
Jun 28, 2025 - 15:02
Advertisement
Advertisement

ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން ދޫކުރާ ލޯނު ކުރިއަށް އޮތް ޖުލައި މަހު ދޫކުރަން ފެށޭނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ. އެމިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ލޯނުތައް ދޫކުރެވިގެންދާނެ ކަމަށް ބެލެވެނީ މިއަހަރުގެ ޖުލައި މަހު ކަމަށެވެ.

"ހިޔާވެހި ފައިނޭންސް ސްކީމް" އަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރުމަށް ދަތިވާ ފަރާތްތަކަށް މާލީގޮތުން ޙައްލު ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުގެ ދަށުން، އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ދޫކުރާ ލޯނުތަކެކެވެ.

މި ޕްރޮގްރާމްގެ ދަށުން ލޯނު ހަމަޖެއްސުމަށްޓަކައި ގެދޮރުވެރިކަމާބެހޭ ވުޒާރާއާ ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ސޮއިކުރިއެވެ. އއެ އެއްބަސްވުމާ އެކު ޕްރޮގްރާމް އިފުތިތާހުކުރީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 05 ވަނަ ދުވަހުއެވެ. އޭގެ ފަހުން، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 08 ވަނަ ދުވަހު މި ޕްރޮގްރާމުގެ އުސޫލުތައް ގެޒެޓްކޮށް، އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލިއެވެ.

މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހު ހަމަވިއިރު 2256 ފޯމު ހުށަހަޅާފައިވާކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެއީ "ރަށްވެހި" ސްކީމަށް 1329 ފޯމު، "ސަހަރް" ސްކީމަށް 586 ފޯމު، އަދި "ފަހިމާލެ" ސްކީމަށް ހުށަހެޅި 341 ފޯމެވެ. މފޯމުތައް އިވެލުވޭޓް ކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އިވެލުވޭޝަންގެ މަސައްކަތް ނިމުމާއެކު، ފޯމުތައް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށްޓަކައި އެއިދާރާތަކަށް ފޮނުވާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

Advertisement
Advertisement

މި ޕްރޮގްރާމްގެ ސަބަބުން ހިޔާވަހިކަން ހޯދުމުގައި މާލީ ގޮތުން ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް، ލުއި ގޮތްތަކެއް މަގުފަހިވެ، މާލެ ސަރަޙައްދާއި ރާއްޖޭގެ ރަށްތަކުގައި ފަޅު ގޯތިތަކާއި ގެ އަޅަންފަށާ ނުނިމި ހުރި ގޯތިތަކުގެ މައްސަލައަށް ޙައްލެއް ލިބި، ގެދޮރުނެތިފައިވާ ޢާއިލާތަކަށް ގެދޮރުގެ ތަނަވަސްކަންވެސް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

ހިޔާވަހި ފައިނޭންސް ސްކީމަކީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ފަށާ ސްކީމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement