
އުދަ އަރާނެކަމަށް ލަފާކޮށް ހުދު ސަމާލު!
އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. މުޅިރާއްޖެއަށް ހުދު ސަމާލު ނެރުނީ މިއަދު ހަވީރު 5:00 އާ ހަމައަށެވެ.
މޫސުމާބެހޭ ގައުމީ އިދާރަައިން ލަފާކޮށްފައިވަނީ ހއ އިން އދ އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
ފާއިތުވި ދިހަ ދުވަހު މޫސުން ރީތިކޮށް އޮތުމަށްފަހު ރޭ ފަތިހުން ފެށިގެން މާލެ ސަރަހައްދަށްވެސް ވިއްސާރައެވެ. އިއްޔެވެސް ބައެއް ސަރަހައްދުތަކަށް އުދަ އެރިއެވެ. ކަނޑުތައްވެސް ގަދައެވެ.
ރިއެކްޝަންސް






