
ނިކޯ ވިލިއަމްސްގެ މައްސަލައިގައި ބާސެލޯނާއާއި ބިލްބާއޯ އަރައިރުމަކަށް!
ސްޕެއިންގެ ވިންގަރ ނިކޯ ވިލިއަމްސް ހޯދަން ބާސެލޯނާއިން މަސައްކަތްކުރާ ގޮތާ މެދު ހިތްހަމަނުޖެހި އެތްލެޓިކޯ ބިލްބާއޯއިން ލަލީގާގައި ޝަކުވާކޮށްފިއެވެ. ބިލްބާއޯ އިން ރަސްމީކޮށް ބާސެލޯނާއަށް 'ފައިނޭންޝިއަލް ފެއަރ ޕްލޭ' ގެ ތެރެއިން ނިކޯ ގެންދިއުމަށް ޖާގަލިބޭތޯ ލަލީގާގައި ސުވާލުކޮށްފައިވާކަމަށް ކްލަބުން ވަނީ ބުނެފައެވެ.
ނިކޯގެ ރިލީސް ކްލައުސްގެ އަގަކީ 58 މިލިއަން ޔޫރޯއެވެ. ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ޑެކޯ ފާއިތުވި ހަފުތާގައި ބުނެފައިވަނީ ބާސެލޯނާއަާ ގުޅުމަށް ހުދު ނިކޯވެސް ހުރީ ކެތްމަދުވެފައި ކަމުގައެވެެ.
ބާސެލޯނާގެ ރައީސް ލަޕޯޓާ ބުދަ ދުވަހު ވަނީ ބާސެލޯނާއަށް އިތުރު ދެ ކުޅުންތެރިން ރެޖިސްޓަރ ކުރެވޭނެ ކަމުގައި ޔަޤީންކަށް އޮތްކަމަށް ބުނެފައެވެ.
ފާއިތުވި ހަފުތާގައި އެސްޕަނިޔޯލްއިން 25 މިލިއަށް ޔޫރޯގެ ފީއަކަށް އެ ކްލަބްގެ ގޯލް ކީޕަރު ހުއާން ގާސިއާ ވަނީ ބާސެލޯނާ އަށް ގެނެސްފައެވެ. ނަމަވެސް ލަލީގާގެ މާލީ އުސޫލުތަކުގެ ތެރެއިން ނިކޯ ބާސެލޯނާއަށް ގެނައުމުގައި ބިލްބާއޯ އިން ދޫދޭން ދެކޮޅު ހަދަމުންދާތީ ބާސެލޯނާއަށް އަދި އެކަން ކުރެވޭގޮތް ވަނީ ނުވެފައެވެ.
އެތްލެޓިކް ކްލަބް (ބިލްބާއޯ) ގެ އެދުމަށް ދެ ކްލަބް މަޝްވަރާގެ މޭޒަށް ގެނައުމަށް ލަލީގާގައި އެދުނު އެދުމަށް ލަލީގާއިން ވަނީ ދެކްލަބުން އެކަމާ ގުޅިގެން މަޝްވަރާ ކުރެވޭނެ އިންތިޒާމް ބުރާސްފަތި ދުވަހު ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި ލަލީގާއިން ވަނީ ހަމަޖައްސައިދީފައެވެ.
"2027 ގެ ޖޫން އާ ހަމައަށް އެއްބަސްވުމުގައި އަހަރެމެންގެ ފުރަތަމަ ޓީމްގެ ކުޅުންތެރިއަކު ބާސެލޯނާއަށް ގެންދިއުމާ ބެހޭގޮތުން އެޓީމުގެ ސްޕޯޓިން ޑިރެކްޓަރު ޑެކޯ އާންމުކޮށް ދައްކާ ވާހަކަތާކާއި, ބާސެލޯނާގެ މާލީ ތަނަވަސްކަން އެކަމުގައި ހުރި ވަރަކާ ބެހޭގޮތުން އަހަރެމެން ބޭނުންވާ މަައުލޫމާތު ހޯދުމުގެ ޤާނޫނީ ޝައުގުވެރިކަމާ ގުޅޭ މަޝްވަރާތައް ކުރެވުނީ" ބައްދަލުވުމާ ގުޅޭގޮތުން އެތްލެޓިކޯއިން ބުނެފައި ވެއެވެ.
ފާއިތުވި ހަފުތާގައި ޑެކޯ އާންމުކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ބާސެލޯނާގެ ރައީސް ލަޕޯޓާ ވަނީ ކްލަބުން މާލީ އުސޫލަތަކާ އެއްގޮތަށް އަމަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. ނަަމަވެސް މިވަގުތުގެ ހާލަތު އޮތްގޮތުން އަދި ކުޅުންތެރިޔާ ރެޖިސްޓްރީ ކުރެވޭނެ ޔަޤީންކަމެއް ނެތް ނަމަވެސް ވަރަށް އަވަހަށް އެކަމުގައި އަލިމަގެއް ފެންނާނެކަމަށްވެސް ލަޕޯޓާ ވަނީ ބުނެފައެވެ.
ބިލްބާއޯއިން ވަނީ އެމައްސަލައިގައި ލަލިގާއިން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ބައްދަލުވުމުގައި އާ މައުލޫމާތެއް ހޯދަން ބިލްބާއޯއިން ނޭދޭކަމަށް ލަޕޯޓާ ވަނީ ބުނެފައެވެ. "އަހަންނަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގުނު އެތްލެޓިކް އިން މިކަމާގުޅޭ ގުޅޭ ގޮތުން މިއުޅޭ ގޮތެއް. އަހަންނަށް ހީވަނީ ކޮންމެ ބަޔަކުވެސް އެބައެއްގެ އަމިއްލަ ކަންކަމާ ބެހެން ދަސްކުރަންޖެހޭހެން" ބިލްބާއޯއިން ލަލީގާގައި ޝަކުވާ ކުރުމުން ހިތްހަމަ ނުޖެހި ލަޕޯޓާ ނޫސްވެރިންނަށް ބުނެފައި ވެއެވެ.
ލަޕޯޓާ އިތުރަށް ބުނީ އާންމު އުސޫލުން ކުޅުންތެރިންގެ ސޮއި ހޯދަން ކުރަންޖެހޭ ކަންކަން ބާސެލޯނާއިން ކުރާނެ ކަމަށާއި, ބާސެލޯނާއިން ރަޖިސްޓްރީ ކުރަން ބޭނުންވާ ދެ ކުޅުންތެރިން ރަޖިސްޓްރީވެސް ކުރާނެ ކަމުގައެވެ.
ރިއެކްޝަންސް






