ތިން މެޗަށްފަހު ބަޔާ ލެވަކޫސަން އިން ޓެން ހަގް މަޤާމުން ވަކިކޮށްފި
އެރިކް ޓެން ހަގް. ފޮޓޯ: ގެޓީ އިމޭޖަސް

ތިން މެޗަށްފަހު ބަޔާ ލެވަކޫސަން އިން ޓެން ހަގް މަޤާމުން ވަކިކޮށްފި

5 hours ago - 16:15
Sep 1, 2025 - 16:18

އާ ކޯޗު އެރިކް ޓެން ހަގް ގެ އިރުޝާދުގެ ދަށުން އެންމެ ތިން މެޗު ކުުޅުވުމަށްފަހު ބަޔާން ލެވަކޫސަން އިން އޭނާ ކޯޗުކަމުގެ މަޤާމުން ވަކިކޮށްފިއެވެ.

ކުރީގެ ކޮޗު ޒަބީ އަލޮންސޯގެ ބަދަލުގައި ޓެން ހަގު ލެޗަކޫސަންގެ ކޯޗުގެ ގޮތުގައި ހަމަޖެއްސީ މިއަހަރުގެ މެއި މަހު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް މިސީޒަންގައި ކުޅުނު ތިންމެޗުގެ ފެންވަރާ މެދު ހިތްހަމަނުޖެހި މިއަދު ޓެން ހަގް ވަނީ މަޤާމުން ވަކިކޮށްފައެވެ.

ސީޒަން ހުޅުވި މެޗުގައި ލެވަކޫސަން ވަނީ އަމިއްލަ ދަނޑުގައި ހޮފެންހަމް އަތުން ވަނީ ބަލިވެފައެވެ. އޭގެ ފަހުން މިދިޔަ ހަފުތާ ބަންދުގައި ބާޑަރ ބްރޭމަން އާ ދެކޮޅަށް ކުޅުނު މެޗު 3-3 ން ވަނީ އެއްވަރު ވެފައެވެ. 

މައުލޫމާތު ލިބިފައިވާގޮތުގައި ބަޔާނުގެ މެނޭޖްމަންޓްގެ އެދުމަށް މި ނިންމުން ނިންމާފައިވަނި ކްލަބުގެ ޝެއާހޯލްޑަރުންގެ ބައްދަލުމެއްގައެވެ.

Advertisement
Advertisement

2024 ވަނަ އަހަރު ބުންޑަސްލީގާ އުފުލާލި ލެވަކޫސަން އިން މިއަހަރުގެ ހޫނު މޫސުމުގައި ގިނަ ކުޅުންތެރިންތަކެއް ވަނީ ކްލަބް ދޫކޮށް ގޮސްފައެވެ. އޭގެ ތެރޭގައި ޖެރެމީ ފްރިމްޕޮންގ, ފްލޯރިއަން ވާޓްޒް, އަމިނޭ އަދްލީ, އޮޑިލަން ކޮސަޮނޯން, ގްރަނިޓް ޒަކާ, ލޫކަސް ހެރަޑެކީ އަދި ޖޮނަތަން ޓޭން ވެސް ހިމެނެއެވެ.

އޭގެ ބަދަލުގައި 200 މިލިއަނެއްހާ ޑޮލަރު ހޭދަކޮށްގެން ސްކޮޑް ވަރުދަގަކުރުމަށް ކްލަބުން އަންނަނީ މަސައްކަތްކުރަމުންނެވެ. 

ޓެން ހަގް ވަކުކުރުމާ ގުޅިގެން ބަަޔާނުގެ މެނޭޖަރު ސައިމަން ރޮލްފެސް ބުނީ މިއީ ފަސޭހި ނިންމުމެއްނޫންކަމުގައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow