ބެލިންގހަމް އަށް އަނިޔާވެ, މަހަކަށް ކުޅުމާ ދުރަށް!
ބެލިންގހަމް މެދުގައި, އެނބުރި އާދެވޭނީ ސެޕްޓެމްބަރު މެދުތެރޭގައި: ފޮޓޯ-ބެލިންގހަމް ޓްވީޓަރ

ބެލިންގހަމް އަށް އަނިޔާވެ, މަހަކަށް ކުޅުމާ ދުރަށް!

އެނބުރި އާދެވޭނީ ސެޕްޓެމްބަރު މަހު މެދުތެރޭގައި

24 days ago - 11:57
Aug 24, 2024 - 12:04

ރެއާލް މެޑްރިޑްގެ މެދުތެރެއަށް ކުޅެމުން އަންނަ ޖޫޑް ބެލިންގހަމްގެ ކަނާތުފައިގެ މަސްގަނޑަށް އަނިޔާވެ, މަހަކަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ. ހުކުރުދުވަހު ބޭއްވި ފަރިތަކުރުންތަކުގައި ޖޫޑްއަށް އަނިޔާވިކަން ކްލަބުންވެސް ވަނީ ޔަޤީންކޮށްދީފައެވެ.

މިއާއެކު ސްޕްޓެމްބަރު މަހުގެ މެދާ ހިސާބަށް އެއްވެސް މެޗަކުން ބެލިންގހަމް ފެނުމުގެ ފުރުޞަތު ގެއްލިފައިވާކަމަށް މަސްދަރުތައް ބުނެއެވެ. ބެލިންގހަމް އޭނާގެ އިންޓްސްގްރާމްގައި ކުރި ޕޯސްޓެއްގައިވެސް ވަނީ ކުޅުމާ ދުރަށް ދާންޖެހުމުން އެކަމުގެ ނުތަނަވަސްކަން ފާޅުކޮށްފައެވެ. ރެއާލް މެޑްރިޑަށް ބުރަ ސީޒަނެއް ކުރިއަށް އޮތްއިރު ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް މަތިކުރަންޖެހިފައިވާ މިދަނޑިވަޅުގައި ގައުމީ ޓީމުގެ މަސައްކަތަށްފަހު އަރާމްކުރާނެ ވަގުތު ގިނަ ކުޅުންތެރިންނަށް ނުލިބެއެވެ.

"މެޗްތައް މިސްވުމަށްވުރެ އަހަރެން ހިތްހަމަ ނުޖެހޭކަމެއްނެތް. އެކަމަކުވެސް މީގެ ޕޮޒިޓިވް ސައިޑަށްވެސް އެބަ ވިސްނަންޖެހޭ. ބުރަކޮށް މަސައްކަތްކުރަންޖެހުނު އަހަރަކަށްފަހު އަހަރެންގެ ހަށިގަނޑަށްވެސް ކޮންމެވެސްވަރަކަށް އަރާމު ބޭނުންވާހެން އަހަންނަށްވެސް އެބަ އިޙްސާސްކުރެވޭ" އިންސްޓަގްރާމް ޕޯސްޓްގައި އޭނާ ލިޔެފައިވެއެވެ. 

އޭނާ ހުރީ ވަރަށްބޮޑަށް ހިތްހަމަ ނުޖެހިފައިކަމަށާއި, ނަމަވެސް އަލުން ކުޅުމުގެ ތެރެއަށް އާދެވެންދެން ސަޕޯޓަރެއްގޮތަށް ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދިނުމުގައި ހުންނާނެ ކަމަށްވެސް ޖޫޑް ބުނެފައި ވެއެވެ.

Advertisement

ފާއިތުވި ސީޒަންގައި ރެއާލް މެޑްރިޑަށް 19 ލީގު ގޯލް ބެލިންގހަމް ކާމިޔާބުކޮށްދީފައި ވެއެވެ. މީގެ ހަފްތާއެއް ކުރިން މިސީޒަން ގައި ރެއާލްގެ ފުރަތަމަ ތަށި ޔުއެފާ ސްޕަރކަޕް ކާމިޔާބުކުރި މެޗުގައި އެޓަލާންޓާއާ ދެކޮޅަށް ކުޅެ މޮޅުވިއިރު މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދީ ޖޫޑް ބެލިންގހަމް އެވެ.

 

  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow