އިންޑިޔާ ސެމީއަށް, ރާއްޖެއަށް ފުރުޞަތު ގެއްލިއްޖެ
އިންޑިޔާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ސާފް

އިންޑިޔާ ސެމީއަށް, ރާއްޖެއަށް ފުރުޞަތު ގެއްލިއްޖެ

މެޗު އިންޑިޔާ ކާމިޔާބުކުރީ 1-0 ން

24 days ago - 18:25

ރާއްޖެ ބަލިކޮށް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލުން އިންޑިޔާ ޖާގަ ހޯދައިފި އެވެ.

މިއަދު ނޭޕާލްގައި އިންޑިޔާ ސެމީފައިނަލަށް ދަތުރުކުރީ 1-0 ން ރާއްޖޭގެ ޒުވާން ޓީމް ބަލިކޮށްގެންނެވެ. މެޗަށް ނިކުއިންއިރު ވެސް ބޫޓާން އަތުން ބަލިވެފައިވާތީ ރާއްޖެއަށް ފުރުޞަތު އޮތީ މޮޅުވެގެންނެވެ. ގްރޫޕް ބީގައި ހިމެނެނީ މިދެޓީމެވެ. ދެ މެޗުންވެސް މޮޅުވެ އެއްވަނަ ހޯދީ އިންޑިޔާއެވެ. ބޫޓާން ދެވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރީ 2-1 ން ރާއްޖެ ބަލިކޮށްގެންނެވެ. ރާއްޖެ ދެ މެޗުންވެސް ބަލިވީ ފަހުވަގުތު ކޮޅަށް ލަނޑު ވަދެގެންނެވެ. އިންޑިޔާއިން ރާއްޖެ ކޮޅަށް ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެވެސް ފަސްވަނަ މިނިޓްގައެވެ,. އިންޑިޔާ މޮޅުކޮށްދިން ލަނޑު ޖެހީ މަންގްލެންތަން ކިޕްގެން އެވެ. 

ސެމީފައިނަލްގައި އިންޑިޔާ ވާދަކުރާނީ ގްރޫޕް އޭގެ ދެވަނަ ހޯދި ބަނގްލަދޭޝްއާއެވެ. ބޫޓާން ސެމީފައިނަލްގައި ވާދަކުރާނީ ގްރޫޕް އޭގެ އެއްވަނަ ނޭޕާލާއެވެ. އެގްރޫޕުން ފުރުޞަތު ގެއްލުނީ ސްރީލަންކާ އަށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow