ފަހަތުން އަރާ މެސީގެ ހެޓްރިކާއެކު އިންޓަރ މަޔާމީއަށް ތާވަލްގައި ބޮޑު ލީޑެއް
މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ އުފާފާޅުކުރަނީ

ފަހަތުން އަރާ މެސީގެ ހެޓްރިކާއެކު އިންޓަރ މަޔާމީއަށް ތާވަލްގައި ބޮޑު ލީޑެއް

2 days ago - 07:54
Oct 20, 2024 - 07:55

އެންމެ 11 މިނިޓް ތެރޭގައި ތިން ގޯލް ކާމިޔާބުކޮށް, ހެޓްރިކް ހަދައިގެން މެސީ އިންޓަރ މަޔާމީ އެފްސީ މޮޅުކޮށްދީފިއެވެ. އެމެރިކާގެ މޭޖަރ ސޮކާ ލީގުގައި ހޮނިހިރު ދުވަހު ނިއު އިންގްލެންޑް ރިވޮލިއުޝަނާ ވާދަކުރި މެޗު ނިމުނީ 2-6 ން މަޔާމީ މެޗު ކާމިޔާބުކޮށްގެންނެވެ. 74 ޕޮއިންޓާއެކު ތާވަލުގެ އެންމެ ކުރީގައި އިންޓަ މަޔާމީ ހަމަޖެހިލިއިރު, މިއީ އެޓީމްގެ ތާރީޚްގައިވެސް އެންމެ ބޮޑު ލީޑެއްގައި އޮތް ފަހަރެވެ.

މެޗުގެ ފުރަތަމަ ދެ ގޯލް ކާމިޔާބުކުރީ ނިއު އިންގްލެންޑް ރިވޮލިއުޝަނުން ނެވެ. 2 ވަނަ މިނިޓާއި 34 ވަނަ މިނިޓްގައި ގޯލްޖަހާ ނިއު އިންގްލެންޑް ރިވޮލިއުޝަނުން ލީޑު ނަގާފައިވަނިކޮށް އިންޓަރ މަޔާމީގެ ފުރަތަމަ ގޯލް ޖަހައިދިނީ ލުއިސް ސުއަރޭޒްއެވެ. އެއީ 40 ވަނަ މިނިޓްގައެވެ. އޭގެ ތިން މިނިޓްފަހުން ސުއަރޭޒް ދެވަނަ ގޯލެއް ކާމިޔާބުކޮށް އިންޓަރ މަޔާމީ އަށް ނަތީޖާ އެއްވަރުކޮށްދިނެވެ. ތިންވަނަ ގޯލް 58 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ  ބެންޖަމިން ކްރެމަޝީ އެވެ.

މެސީގެ ގޯލްތައް ފެނިގެން ގޮސްފައިވަނީ މެޗުގެ 78, 81 އަދި 89 ވަނަ މިނިޓްގައެވެ. ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނުމުގައި އެހީވީ ސުއަރޭޒް އެވެ. އަނެއް ގޯލް ކާމިޔާބު ކުރުމުގައި އެހީތެރި ވީ ޖޯޑީ އަލްބާއެވެ. މެސީ ކުޅުމުގެ ތެރެއަށް ނިކުތީވެސް 55 ވަނަ މިނިޓްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައެވެ. މިއީ މެސީ އިންޓަރ މަޔާމީ އަށް ކާމިޔާބުކޮށްދިން ފުރަތަމަ ހެޓްރިކެވެ. 

ހޮނިހިރު ދުވަހުގެ ހެޓްރިކާއެކު މެސީ ވަނީ ހަފުތާއެއްހާ ދުވަސް ތެރޭގައި ދެ ހެޓްރިކް ހަދާފައެވެ. ބުރާސްފަތި ދުވަހު ވަރލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާގެ ގައުމީ ޓީމަށް ހެޓްރިކް ހެދީ ބޮލީވިއާ އާ ދެކޮޅަށެވެ. މެސީ ހެޓްރިކް ހެދި މެޗަށްފަހު އިންޓަރ މިއާމީ ކުޅުންތެރިން ވަނީ ސަޕޯރޓާސް ޝީލްޑާއެކު އުފާފާޅުކޮށްފައެވެ. ޝީލްޑް އުފުލާލީ ކެޕްޓަނެއްގެ ގޮތުގައި މެސީ އެވެ. މިޝީލްޑް އިންޓަރ މަޔާމީއަށް ޔަގީންވީ މިމަހުގެ ކުރީކޮޅު އެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow