"އަމިއްލަ ސަބަބަކާ ހުރެ" ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމުން އޮންރީ އިސްތިއުފާދީފި
އޮންރީ އިސްތިއުފާ ދިނީ ރިހި މެޑަލް ހޯދައިދީފަ

"އަމިއްލަ ސަބަބަކާ ހުރެ" ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމުން އޮންރީ އިސްތިއުފާދީފި

އޮލިމްޕިކްސްގެ ރިހި މެޑަލް ހޯދައިދިން

28 days ago - 19:29
Aug 20, 2024 - 12:59

ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސް ގައުމީ ޓީމުގައި ތަރިއަކަށްވި ތިއެރީ އޮންރީ ފްރާސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދީފިއެވެ. އިސްތިއުފާދިން ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ އއަމިއްލަ ސަބަބެއް ކަމަށެވެ.

އާސެނަލްގެ ލެޖެންޑް އޮންރީ އަކީ މިއަހަރުގެ އޮލިމްޕިކްސް ގޭމްސްގައި ފްރާންސް 21 އަހަރުން ދަށުގެ ޤައުމީ ފިރިހެން ޓީމް ރިހި މެޑަލް ހޯދި އިރު އެޓީމްގެ ކޯޗެވެ. ފައިނަލް ގައި ސްޕެއިން އަތުން ޕްރާންސް ބަލިވީ 5-3 ން ނެވެ. 

47 އަހަރުގެ އޮންރީ އިސްތިއުފާދިންކަން ކަށަވަރުކޮށްދިނީ ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން އާންމުކުރި ބަޔާނެއްގައެވެ. ކުރިން ބާސެލޯނާއަށް ވެސް ކުޅުނު ފޯވާޑްގެ ބަޔާނުގައި އޭނާ ވަނީ ދިން ފުރުޞަތަށް ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނަށާއި, ރައީސް ފިލީޕޭ ޑަޔައްލޯ އަށް ޝުކުރު އަދާކޮށްފައެވެ.

"އަހަރެންގެ ގައުމަށް އޮލިމްޕިކްސް ގޭމްސްގައި ރިހި މެޑްލް ހޯދައިދިނުމަކީ މުޅި ހަޔާތުގައިވެސް އަހަރެން އެންމެ ފަހުރުވެރިވާނެ ކަންތައް. އެއީ ޖާދުލެއް ފަދަ އިޙްސާސެއް. ފެޑެރޭޝަނަށާއި, ހުރިހާ ކުޅުންތެރިންނަށް އަދި ސްޓާފުންނަށާއި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް އަހަރެން ޝުކުރު އަދާކުރަން" އޮންރީގެ ބަޔާނުގައި ވެއެވެ.

Advertisement

އޮންރީ ފްރާސްގެ 21 އަހަރުންދަށުގެ ޓީމާ ހަވާލުވީ ފާއިތުވި އަހަރުގެ އޯގަސްޓް މަހުއެވެ. އޭނާގެ އިރުޝާދުގެ ދަށުން އެޓީމް ކުޅުނު 6 މެޗުގެ ތެރެއިން 4 މެޗް ކާމިޔާބު ކުރިއެވެ.

އޮންރީ ވަނީ މޮނާކޯ އަދި މޮންޓްރިއަލްގައިވެސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. މޮންޓްރިއަލްގައި އޭނާ ހޭދަކުރި 15 މަސް ދުވަހުގެ ތެރޭގައި ކުޅުނު 29 މެޗުގެ ތެރެއިން މޮޅުވީ އެންމެ 9 މެޗުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow