ބޮޑު ނުރައްކަލެއްގެ ރަނގަބީލު, ބުޅާ މަރައިގެން އޭގެ މަހުން ކާއެއްޗިހި ހަދައިގެން ވިއްކާ ބަނގްލަދޭޝް ހޯދަނީ
އިމިގްރޭޝަނުން ހޯދާ މީހާ

ބޮޑު ނުރައްކަލެއްގެ ރަނގަބީލު, ބުޅާ މަރައިގެން އޭގެ މަހުން ކާއެއްޗިހި ހަދައިގެން ވިއްކާ ބަނގްލަދޭޝް ހޯދަނީ

މައްސަލަ ސަމާލުކަމަށް އައީ ދިވެއްސަކު ޢާއްމުކުރި ވީޑިއޯއަކާ ގުޅިގެން

28 days ago - 19:47
Advertisement

މާލޭގައި އުޅޭ ބުޅާ މަރައިގެން އޭގެ މަހުން ކާއެއްޗިހި ހަދައިގެން ވިއްކާ ބަނގްލަދޭޝް މީހަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ޢާއްމުކޮށް އިއުލާނު ކޮށްފިއެވެ.

އިމިގްރޭޝަނުން އިއުލާނުކުރީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަޑށްވާ 32 އަހަރުގެ އަރްފާތް ހޮސައިން ހޯދާށެވެ, ފަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވުމަށް އޭނާއަށް ޢާއްމު ނޯޓިސްއަކުން ވަނީ އަންގާފައެވެ. އަދި އޭނާއާ ބެހޭ އެއްވަސް މައުލޫމާތެއް ލިބިއްޖެ ނަމަ އިމިގްރޭޝަންގެ ނަމްބަރު 9199017 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށްވެސް ވަނި އެދިފައެވެ.

އިމިގްރޭޝަނުން ބަނގްލަދޭޝް މީހަކު ހޯދަން ޢާއްމުކޮށް އިއުލާނުކޮށްފައި މިވަނީ ވީޑިއޯތަކެއް ސޯޝަލް މީޑިޔާގައު ދައުރުވަމުން ދަނިކޮށެވެ. އިމިގްރޭޝަނުން ބުނީ އޭނާ ހޯދަނީ ލިބިފައިވާ ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އޭނާ އަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެކެވެ.

އިމިގްރޭޝަނުން ޢާއްމު އިއުލާނެއް ކުރުމުގެ ކުރިން ސޯޝަލް މީޑިޔާ ކައުންޓަކުން ވަނީ އޭނާގެ މައްސަލަ ސަމާލުކަމަށް ގެނެސް އޭނާ ފެނިއްޖެނަމަ ފުލުހުން ނުވަތަ އިމިގްރޭޝަނާ ހަވާލުކުރަން ގޮވާލާފައެވެ. މައްސަލަ ފެންމަތިވީ ދިވެއްސަކު ބަނގްލަދޭޝް މިހާ އުޅޭ ތަނުގެ ވީޑިއޯއާއެކު ސަމާލުކަމަށް ގެނައުމުންނެވެ. އަދި އެތަނުން ބުޅަލުގެ ގުނަވަންތައް ފެނިފައިވާކަމަށްވެސް ބުނުމުންނެވެ. އޭނާ ބުނީ އެތަނުން ބުޅާ ރޯއަޑުވެސް އިވޭ ކަމަށާއި, އެތަނަކީ ކާބޯތަކެތި ތައްޔާރުކުރާ ތަނެއްކަން އިނގޭ ކަމަށެވެ.

Advertisement

މައްސަލަ ފެންމަތިވެ ސަމާލުކަމަށް އައިސްފައި މިވަނީ ބިދޭސީން ނުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ވީޑިއޯތަކާއި ފޮޓޯތައް ދައުރުވަމުންދާ ދުވަސްވަރެއްގައެވެ. އަދި އިމިގްރޭޝަނުން ފުލުހުންނާ ގުޅިގެން އެފަދަ ބިދޭސީންނާއި, ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ފިޔަވަޅު އަޅަމުންދާ ދުވަސްވަރެއްގައެވެ.

 

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement