ޗެއަރމަނަކަށް ޒުހޫރު, އެފްއޭއެމްގެ ނޯމަލައިޒިންގ ކޮމިޓީ އެކުލަވާލައިފި
އެފްއޭއެމްގެ ނޯމަލައިޒިންގ ކޮމިޓީގެ ޗެއަރ ޒުހޫރު; ފޮޓޯ-ރައީސް އޮފީސް

ޗެއަރމަނަކަށް ޒުހޫރު, އެފްއޭއެމްގެ ނޯމަލައިޒިންގ ކޮމިޓީ އެކުލަވާލައިފި

28 days ago - 08:29
Aug 20, 2024 - 08:30

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒޭޝަން ޗެއަރމަނަކަށް ކުރީގެ ސްޕޯރޓްސް މިނިސްޓަރ އަހުމަދު ޒުހޫރު ހަމަހައްސަވައިފި އެވެ.

ފީފާއާއި އޭއެފްސީން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމްއިން އިއުލާނުކުރީ ރޭ ދަންވަރު އެވެ. ކުރިންވެސް މައުލޫމާތު ލިބިފައި އޮތްތޮތަށް ޗެއަރމަނަކަށް ހަމަޖެއްސެވީ ޒުހޫރުއެވެ. ޒުހޫރަކީ މިސަރުކާރުގައި އެޗްޑީސީގެ ޗެއަރމަންކަންވެސް ކުރެއްވި ފަރާތެކެވެ. ނަމަވެސް ސަބަބެއް ނާންގާ ވަކިކުރެއްވިއެވެ. ކުރިން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމާއި, ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމްވެސް އަދާކުރެއްވި އެވެ.

ޒުހޫރުގެ އިތުރުން ކޮމިޓީއަށް އައްޔަންކުރެއްވި މެމްބަރުންނަކީ އަހުމަދު މުއިއްޒު އާއި, ފަރީހާ ޝަރީފާއި, އިސްމާއީލް ސިމަން އާއި, އަހުމަދު އަލީ އެވެ. ކޮމިޓީ އެކލަވާލަނީ ޤާނޫނީ ބޭފުޅުންނާއި, ފުޓްބޯޅައާއި ގުޅުންހުރި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންގެ މައްޗަށެވެ.

ކޮމޮޓީގެ މައިގަނޑު މެންޑޭޓަކީ އެފްއޭއެމްއިން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި, އެފްއޭއެމްގެ އަސާސީ ގަވާއިދު މުރާޖާކޮށް, އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުމާއި, އެފްއޭއެމްގެ އިސްވެރީންނާއ, އެހެނިހެން ފަރާއްތައް ގުޅިގެން ފީފާއާއި އޭއެފްސީން ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ, އެފައިސާ ހޯދޭނެ ގޮތްތައް ރާއްޖޭގެ ކޯޓްތަކަށް ހުށަހަޅައިގެން ހޯދުން ހިމެނެއެވެ. މީގެއިތުރުން ފީފާއިން އައްޔަންކޮށްފައިވާ ފައިނޭންޝަލް ކޮންސަލްޓަންޓާ ގުޅިގެން އެފްއޭއެމްގެ ދަރަނިތައް ދެއްކޭނެ ގޮތުގައި ޕްލޭނެއް ހެދުމާއި, ފީފާގެ ފޮރިންސިކް އޮޑިޓް ރިޕޯރޓްގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރަން ފެށުމާއި, އެފްއޭއެމްގެ އާ ހިންގާ ކޮމިޓީއެއް ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން އިންތިޒާމްކޮށް ކުރިއަށް ގެންދިއުންވެސް ހިމެނެއެވެ.

Advertisement

އަންނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ކުރިން ނޯމަލައިޒިންގ ކޮމިޓީގެ މަސައްކަތް ނިންމާ އާ ހިންގާ ކޮމިޓީއަކާ އެފްއޭއެމް ހަވާކުރަން ވަނީ ލާޒިމް ކޮށްފައެވެ. އެފްއޭއެމް ނޯމަލައިޒިންގ ކޮމިޓީއަކާ ހަވާލުކޮށްފައި މިވަނީ މިދިޔަ ދެދައުރުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ބޮޑަތި ތުހުމަތުތަކެއް ކުރެވި, ދައުވާވެސް އުފުލުމާ ހަމައަށް އައިސްފައި ވަނިކޮށެވެ.

މިއަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ބޯޅަ ކުޅެވޭނެކަމާ މެދުވެސް ވަނީ ސުވާލު އުފެދިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow