ޤައުމީ ފުޓްބޯޅަ ޓީމުން އަންނަ މަހު ބަނގްލަދޭޝްއާ އެކުވެރިކަމުގެ ދެ މެޗު ކުޅެނީ
ރާއްޖެއިން އެންމެފަހުން ބަނގްލަދޭޝްއާ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ_އެފްއޭއެމް

ޤައުމީ ފުޓްބޯޅަ ޓީމުން އަންނަ މަހު ބަނގްލަދޭޝްއާ އެކުވެރިކަމުގެ ދެ މެޗު ކުޅެނީ

3 days ago - 20:24
Oct 19, 2024 - 20:24

ޤައުމީ ފުޓްބޯޅަ ޓީމުން އަންނަ މަހު ބަނގްލަދޭޝްއާ އެކުވެރިކަމުގެ ދެ މެޗު ކުޅެން ނިންމައިފި އެވެ. އެފްއޭއެމްއިން ބުނީ ދެ މެޗުވެސް ކުޅޭނީ ބަނގްލަދޭޝްގައި ކަމަށެވެ. ބަޝުންދުރަ ކިންގްސް އެރީނާގައި ފުރަތަމަ މެޗު ކުޅޭނީ ނޮވެމްބަރު 13 ވަނަ ދުވަހު އެވެ. ދެވަނަ މެޗު ކުޅޭނީ 16 ވަނަ ދުވަހު އެވެ.

ރާއްޖެއިން އެންމެ ފަހުން މެޗެއް ކުޅެފައިވަނީވެސް ބަނގްލަދޭޝްއާއެވެ. އެކަމަކު އެއީ މީގެ އަހަރެއް ކުރިންނެވެ. ވަރލްށްކަޕް ކޮލިފިކޭޝަންގައި ބަނގްލަދޭޝްއާ ވާދަކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

ޤައުމީ ޓީމުން އެކުވެރިކަމުގެ ދެމެޗު ކުލެން ނިންމިއިރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށޭނެ ދުވަހެއް ނޭންގެއެވެ. އަދި މިއަހަރު ސީޒަން އޮންނާނެކަންވެސް ޔަގީނެއް ނޫނެވެ. ރާއްޖޭގައި ފުރަތަމަ ޑިވިޝަންގައި ރަސްމީ ފުޓްބޯޅަ މުބާރާތެއް ނުކުޅޭތާ އަހަރެއް ވެއްޖެއެވެ. އެފްއޭއެމް ހިންގަމުން ދަނީވެސް ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ.

ޤައުމީ ޓީމް ކުޅޭ އެކުވެރިކަމުގެ ދެ މެޗުގައި ޓީމަށް އިރުޝާދުދޭނީ ކޯޗު އަލީ ސުޒޭން އެވެ. އޭނާގެ އެހީތެރިއަކީ މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރު އެވެ. ޤައުމީ ޓީމްގެ މެޖޯރިޓީއަކީ މާޒިޔާ ކުޅުންތެރިންނެވެ. މާޒިޔާއިން ދަނީ އޭއެފްސީ މުބާރާތަށް ތައްޔާރުވަމުންނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow