ޓޮޓްނަމްއިން ވެސްޓްހެމްގެ މައްޗަށް ބޮޑު މޮޅެއް, ޔުނައިޓަޑުން ޓެންހާގްގެ ޕްރެޝަރު ކުޑަކޮށްދީފި
އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ފަހަތުން އަރާ ވެސްޓްހެމް ޔުނައިޓެޑްގެ މައްޗަށް ޓޮޓްނަމްއިން ބޮޑު މޮޅެއް ހޯދައިފިއެވެ. ވެސްޓް ހޭމް މެޗު ކާމިޔާބުކުރީ 4-1 ނެވެ. ވެސްޓްހެމްގެ ހަމައެކަނި ގޯލް 18 ވަނަ މިނިޓްގައި ޖަހައިދިން މާކް ކުޑޯސްއަށް ވަނީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ރަތް ކާޑެއްވެސް ދައްކާފައެވެ. އެއީ މެޗުގައި ހިނގި ހަމަނުޖެހުމެއްގައި ޓޮޓްނަމްގެ ދެ ކުޅުންތެރިއަކަށް ހަމަލާ ދިނުމުންނެވެ.
ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މިމެޗުގައި އެމީހުންގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ޑެހާން ކުލުސެވްސްކީ އެވެ. 36 ވަނަ މިނިޓްގައި މި ގޯލް ކާމިޔާބުކޮށްދިނީ ޖޭސަން މެޑިސަން ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ޓޮޓްނަމް އަށް ލީޑު ފުޅާކޮށްދިނީ 52 ވަނަ މިނޓްގައި ޔްވެސް ބިސޯމާއެވެ. ތިންވަނަ ގޯލަކީ ވެސްޓްހެމްގެ ގޯލްކީޕަރު އަތުންޖެހި ބައިކޮޅަށް ވަން ގޯލެކެވެ. 60 ވަނަ މިނިޓްގައި ޓޮޓްނަމްގެ ފަހު ގޯލް ކާމިޔާބުކޮށްދިނީ ސޮން ހިއުންގ މިން އެވެ.
ޕްރިމިއާ ލީގުގައި މިފަހުން ދަށް ނަތީޖާތަކެއް ލިބެމުން އަންނަ މެންޗެސްޓަރ ޔުނައިޓަޑް ހޮނިހިރު ދުވަހު ވަނީ ބްރެންޓްފޯޑުގެ މައްޗަށް ކުރި ހޯދާފައެވެ. ފަހަތުން އަރާ ޔުނައިޓަޑުން ބްރައިޓަންގެ މައްޗަށް ކުރިހޯދީ 2-1 ނެވެ. މިއީ ލީގުގައި އޮކްޓޯބަރު މަހު ކުޅުން އެއްވެސް މެޗަކުން މޮޅުވެފައި ނުވާ ޔުނައިޓެޑްގެ ކޯޗު, އެރިކް ޓެން ހާގުގެ ކުރިމަގާމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅުގައި އޭނާއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގައި ބްރެންޓްފޯޑްގެ ހަމައެކަނި ގޯލް ޖަހާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނިޓްގައެވެ. މިކޭލް ޑަމްސްގާޑް ތަނަވަސްކޮށްދިން ފުރުޞަތުގައި ބްރެންޓްފޯޑަށް ލީޑު ނަގައިދިނީ އީތަން ޕިނޮކްއެވެ.
ނަމަވެސް ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓްގައި ޔުނައިޓަޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. 47 ވަނަ މިނިޓްގައި ޔުނައިޓަޑްގެ ފުރަތަމަ ގޯލް މާކަސް ރަޝްފޯޑު ދިން ހުރަހަކުން ކާމިޔާބުކުރީ އަލްހަންޑްރޯ ގަނާޗޯއެވެ. 62 ވަނަ މިނިޓްގައި ޔުނައިޓަޑުން ދެވަނަ ގޯލް ކާމިޔާބުކުރިއެވެ. ބްރޫނޯ ފެނާންޑޭސް ނަގައިދިން ރީތި ފްލިކް ޕާސް ގޯލަކަށް ބަދަލުކޮށްލީ ރަސްމުސް ހޮއިލުންޑެވެ.
މި މޮޅަކީ ކޯޗު އެރިކް ޓެންހާގަށް 'މޮޅަކަށް' ވުރެ މުހިއްމު މޮޅެކެވެ. ފާއިތުވި ހަފުތާގައި ޓެންހާގު ވަނީ އޭނާގެ ކުރިމަގާ ގުޅޭގޮތުން މީޑިއާގައި ދައްކަމުންދާ ވާހަކަތަކީ ހިޔާލީ ވާހަކައެއްކަމަށާއި އެއީ ދޮގު ކަމަށް ބުނެ ރައްދުދީފައެވެ.
ރިއެކްޝަންސް