އައްޑޫ ސިޓީ ބަލިކޮށް, ގޯލްޑްކަޕްގެ ތަށި އޭދަފުށްޓަށް
އައްޑޫ ސިޓީ ބަލިކޮށް, ގޯލްޑްކަޕްގެ ފުރަތަމަ ތަށި އޭދަފުށިން އުފުލާލައިފި އެވެ. ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުށި ހޯދީ ފައިނަލްގައި އައްޑޫ ސިޓީ 2-0 ން ބަލިކޮށްގެންނެވެ.
ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމަށް 'އަލުން ދަނޑަށް' ޝިޢާރުގެ ދަށުން ރާއްޖޭގެ ދެ ކޯޗުން އިސްވެ ކުރިއަށް ގެންދިޔަ މުބާރާތުގެ ފައިނަލް މެޗު ނިމުނީ ޝިއާރު މާބޮޑަށްވެސް ހާސިލް ވެގެންނެވެ. ވަރަށް ވަރުގަދަ ސަޕޯޓަކާއެކު, މުޅި ދަނޑު ފުރާލި މެޗުގައި އޭދަފުށިން ދެހާފްގައި ދެ ލަނޑު ޖެހީ ދެބެންނެވެ. ފުރަތަމަ ހާފްގައި ނެގި ކޯނަރެއް ބޮލުން ފޮނުވާލައިގެން ލީޑް ނަގައިދިނީ މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ. މެޗުގެ އެންމެ ފަހު މިނިޓްގައި ދެވަނަ ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ.
އައްޑޫ ސިޓީއަކީ މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި ޓީމެވެ. އޭދަފުށި ބަލިވީ ދެވަނަ ބުރުގައި މާފުށި އަތުންނެވެ. މާފުށްޓަށް އިރުޝާދުދިނީ އައްޑޫސިޓީއަށް ނިސްބަތްވާ ކޯޗު އަހުމަދު ޝަރީފް (ޑުންގާ) އެވެ.
ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެވެ. މުބާރާތުގެ ތަށި ލޯންޗްކޮށްދިނީ ރާއްޖެ ދުށް އެންމެ ކާމިޔާބު ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
ރިއެކްޝަންސް