
ލެގަނޭސް ކައިރިން ރެއާލްމެޑްރިޑް ހަނި ގޮތަކަށް ސަލާމަތްވި މެޗުގައި އެމްބާޕޭގެ ދެ ގޯލް
ރެލިގޭޝަންގެ ބިރުގައި އޮތް ލެގަނޭސް ކައިރިން ރެއާލް މެޑްރިޑް ހަނިގޮތަކަށް މޮޅުވި މެޗުގައި އެމްބާޕޭ ދެ ގޯލް ކާމިޔާބުކޮށްފިއެވެ. ސްޕެނިޝް ލަލީގާގައި އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހު ލެގަނޭސް އަތުން ރެއާލް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅު ޑޮމިނޭޓްކޮށްގެން ކުޅުނު ރެއާލުން ލީޑުނެގީ 32 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އޭރިއާ ތެރެއިން ލެގަނޭސްގެ އޮސްކާ ރޮޑްރިގޭސް ރެއާލްގެ އަރްދާ ގުލާ އަށް ކުރި ފައުލާކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކުރީ ކީލިއަން އެމްބޭޕޭ އެވެ.
ނަމަވެސް ލެގަނޭސް އިން އޭގެ މިނިޓެއްނުވަނީ ވަނީ ރެއާލްއަށް ޖަވާބުދީފައެވެ. 33 ވަނަ މިނިޓްގައި ލެގަނޭސް އަށް ނަތީޖާ އެއްވަރުކޮށްދިނީ ޑިއެގޯ ގާސިއާ އެވެ. 41 ވަނަ މިނިޓްގައި އޮސްކާ ރޮޑްރިގޭޒް ނަގައިދިން ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ލެގަނޭސް އިން ރެއާލްގެ މައްޗަށް ލީޑުނަގައިދިނީ ޑެނިއެލް ރަބާއެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓްތެރޭގައި ރެއާލަށް ނަތީޖާ އެއްވަރުކޮށްދިނީ މެދުތެރެއަށް ކުޅޭ ޖޫޑް ބެލިންގްހަމައެވެ. ރެއާލްއަށް މެޗުން މޮޅުވި ގޯލް 76 ވަނަ މިނިޓްގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ.
ނަތީޖާއާއެކު ތާވަލްގެ ދެވަނަގައި ރެއާލް އޮތީ 29 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. މިއީ އެއްމެޗު އަތުގައި އޮތް ބާސެލޯނާ އާ ޕޮއިންޓްގެ ގޮތުން އެވަރު ނަތީޖާއެކެވެ. މާދަމާ ބާސެލޯނާ ނިކުންނާނީ ޖިރޯނާ އާ ދެކޮޅަށެވެ. ލެގަނޭސް އޮތީ ތާވަލްގެ 18 ވަނައިގައި 27 ޕޮއިންޓައެކުއެވެ.
ހޮނިހިރު ދުވަހު ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު އެސްޕަނިޔޯލް އާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ޑޭޕޯޓިވޯ އަލްވެސްގެ މައްޗަށް ރަޔޯ ވަޔަކާނޯ ކުރިހޯދީ 2-0 ންނެވެ. އަދި ރެއާލް ސޮސިއެޑާޑްއިން ރެއާލް ވަނީ 2-1 ން ރެއާލް ވަޔަޑޮލިޑް ބަލިކޮށްފައެވެ.
ރިއެކްޝަންސް






