ސަލާޙްގެ ދެ ގޯލުން ބާންމައުތު ބަލިކޮށް ލިވަޕޫލް 9 ޕޮއިންޓްގެ ލީޑެއްގައި
ސަަލާހް, މި ސީޒަން ނިމުމަށް ފަހު ލިވަޕޫލް ދޫކޮށްލާނެ ކަމަށްވަނީ ބުނެފައި. ފޮޓޯ: ލިވަޕޫލް އެފް.ސީ

ސަލާޙްގެ ދެ ގޯލުން ބާންމައުތު ބަލިކޮށް ލިވަޕޫލް 9 ޕޮއިންޓްގެ ލީޑެއްގައި

5 hours ago - 22:49
Feb 1, 2025 - 22:56

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ބާންމައުތުގެ މައްޗަށް 2-0 ން ކުރިހޯދާ, ލިވަޕޫލްއިން ނުވަ ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ. ލިވަޕޫލްގެ ދެ ގޯލްވެސް ކާމިޔާބުކުރީ އެޓީމާއެކު ރަނގަޅު ސީޒަނެއް ހޭދަކުރަމުންދާ މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙް އެވެ.

އާން ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލް އެޓީމުން އެންމެ ފަހުން ކުޅުނު އެގާރަ މެޗުންވެސް ބަލިވެފައެއް ނުވެއެވެ. އަދި މިސީޒަންގެ މިހާތަނަށް ޕްރިމިއަލީގުގައި ސަލާޙް ވަނީ ލިވަޕޫލަށް 21 ގޯލް ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ގޯލް 30 ވަނަ މިނިޓްގައި އޭނާ ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ. އަދި މެޗުން މޮޅުކޮށްދިން ގޯލް 75 ވަނަ މިނިޓްގައި ކާމިޔާބު ކުރީ ކާޓިސް ޖޯންސް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.

މި ނަތީޖާއާއެކު ލިވަޕޫލްއިން 23 މެޗުކުޅެ, ތާވަލްގެ އެއްވަނައިގައި އޮތީ 56 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އާސެނަލް އަދި ތިންވަނައިގައި ނޮޓިންގްހަމް ފޮރެސްޓް އޮތީ 47 ޕޮއިންޓާއެކުއެވެ. ބާންމައުތު ތާވަލްގެ 7 ވަނައިގައި އޮތީ 40 ޕޮއިންޓް ހޯދައިގެންނެވެ.

Advertisement
Advertisement

ހޮނިހިރު ދުވަހު ނޮޓިންގހަމް ފޮރެސްޓުން ވަނީ ބްރައިޓަން ކޮޅަށް 7 ގޯލް ކާމިޔާބުކޮށްފައެވެ. ކްރިސް ވުޑް ހެޓްރިކް ހަދާފައިވާއިރު, އިތުރު ގޯލްތައް ކާމިޔާބުކުރީ ނެކޯ ވިލިއަމްސް, ހޯޓާ ސިލްވަރ އަދި މޯގަން ގިބްސް- ވައިޓްއެވެ.

ހޮނިހިރު ދުވަހު ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު އެވަޓަން އިން ލެސްޓަރ ސިޓީ ބަލިކުރީ 4-0 ންނެވެ. ސައުތަމްޕްޓަން އިން އިޕްސްވިވް ޓައުންގެ މައްޗަށް 2-1 ން ކުރި ހޯދާފައިވާއިރު ނިއުކާސަލް ވަނީ ފުލަމްގެ އަތްދަށުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow