އިމާން ޙަލީފް މުބާރާތްތަކުގައި ވާދަކުރަން ބޭނުންނަމަ ޖެނެޓިކް ޓެސްޓް ހަދަން މަޖުބޫރުކޮށްފި
އޮލިމްޕިކްސް ޗެމްޕިއަން އިމާން ޙަލީފް. ފޮޓޯ: ފޮކްސް ނިއުސް

އިމާން ޙަލީފް މުބާރާތްތަކުގައި ވާދަކުރަން ބޭނުންނަމަ ޖެނެޓިކް ޓެސްޓް ހަދަން މަޖުބޫރުކޮށްފި

އޮލިމްޕިކްސްގައި ރަންމެޑްލް ހޯދި އަލްޖީރިއާގެ ޗެމްޕިއަން އިމާން އަށް ދެން އޮލިމްޕިކްސްގައިވެސް ބައިވެރިވެވޭނީ ޖެނެޓިކް ސްކްރީނިންގ އިން ކޮން ޖިއްސެއްގެ މީހެއްކަށް ސާބިތުވުމުން

2 days ago - 10:51
May 31, 2025 - 10:52

އަލްޖީރިއާގެ އޮލިމްޕިކް ބޮކްސިން ޗެމްޕިއަން އިމާން ޙަލީފްމުބާރާތްތަކުގައި ވާދަކުރަން ބޭނުންނަމަ ޖިންސު ކަށަވަރުކުރާ ޖެނެޓިކް ސްކްރީންނިން އެއް ހަދަންޖެހޭކަމަށް ދުނިޔޭގެ ބޮކްސިން ފެޑެރޭޝަނުން އަންގައިފިއެވެ. މި ޓެސްޓަކީ ބޮކްސިންގެ ހުރިހާ އެތްލީޓުން ފުރިހަމަ ކުރަންޖެހޭ މަޖުބޫރު ޓެސްޓަކަށް މިހާރު ވަނީ ހަދާފައެވެ.

ދުނިޔޭގެ ބޮކްސިން ފެޑެރޭޝަނުން ހުކުރު ދުވަހު ބޮކްސިން އާ ބެހޭ އާ އުސޫލު އިއުލާން ކުރިއިރު އަލްޖީރިއާގެ އިމާން ޙަލީފް ވާހަކަ ވަކިން ވަނީ ބަޔާންކޮށްފައެވެ. މިދިޔަ އަހަރު ޕެރިހުގައި އޮތް އޮލިޕިކްސްގައި އަންހެނުންގެ ބައިން ރަން މެޑަލް ހޯދި އިމާންވެސް މި ޕޮލިސީގެ ދަށުން ޖެނެޓިކް ޓެސްޓިން ހަދަންޖެހޭކަަމަށް ފެޑެރޭޝަނުން ވަނީ ބުނެފައެވެ.

"އިމާން ޙަލީފްއަށް ދެން އެއްވެސް މުބާރާތެއްގެ އަންހެން ކެޓަގަރީގަ ބައިވެރިއެއް ނުވެވޭނެ ދުނިޔޭގެ ބޮކްސިން ޤަވާއިދާ އެއްގޮތަށް ޖިންސް ކަށަވަރުކުރާ ޖެނެޓިކް ޓެސްޓިން ނުހަދައެއް" ފެޑެރޭޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.

މި އުސޫލާއެކު ދުނިޔޭގެ ބޮކްސިން ފެޑެރޭޝަނުން އަލްޖީރިއާގެ ބޮކްސިން ފެޑެރޭޝަނަށްވެސް ވަނީ އިމާން އަށް ދުނިޔޭގެ ފެންވަރުގެ އެއްވެސް ބޮކްސިން އިވެންޓެއްގައި އެ ޓެސްޓް ހެދުމަށްފަހު ނޫނީ ބައިވެރި ނުވެވޭނެކަމަަށް އަންގާފައެެވެ. އޭގެ ތެރޭގައި އޮލިމްޕިކްސްވެސް ހިމެނެއެވެ. 

Advertisement
Advertisement

އަލަށް އެކުލަވާލި އުސޫލުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ބޮކްސިން އެލީޓަކުވެސް އެ ފެޑެރޭޝަން ގަބޫލުކުރާ މުބާރާތެއްގައި ބައިވެރިވާނަމަ ޕީސީއާރު ނުވަތަ ޕޮލިމަރޭސް ޗެއިން ރިއެކްޝަން ޖެނެޓިކް ޓެސްޓް ހަދަން ޖެހޭނެއެެވެ. މިއީ އިންސާނާ އުފަންވެފައިވާ ޖިންސް ކަށަވަރުކުރާ ޓެސްޓެވެ.

މިޓެސްޓަކީ ކޮވިޑް އަށް ޓެސްޓްކުރާހެން ނޭފަތަށް ނުވަތަ އަނގަތެރެއަށް ކަފަބުރެއް ލައްވައިގެން ނެނގޭ ސާމްޕަލް ޓެސްޓް ކޮށްގެން ހެދޭ އާދައިގެ ޓެސްޓެކެވެ. ލޭގެ ސާމްޕަލްއިންވެސް މި ޓެސްޓް ހެދޭނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow