އިޒްރާއިލް ބައިނަލްއަޤުވާމީ ފުޓްބޯޅައިން ސަސްޕެންޑް ކުރަން އިޓަލީގެ ކޯޗުން މަސައްކަތްކުރަނީ
ނޭޝަންސް ލީގުގައި އިޓަލީ އާއި އިޒްރާއިލް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް

އިޒްރާއިލް ބައިނަލްއަޤުވާމީ ފުޓްބޯޅައިން ސަސްޕެންޑް ކުރަން އިޓަލީގެ ކޯޗުން މަސައްކަތްކުރަނީ

2026 ގެ ވޯލްޑްކަޕްގެ ކުރިން އިޓަލީގެ ޤައުމީޓީމް އިޒްރާއިލް އާ ދެކޮޅަށް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވޭ

5 hours ago - 22:09
Aug 20, 2025 - 22:14

ޣައްޒާގައި އިޒްރާއިލްއިން ހިންގަމުންގެންދާ ޤަތުލްއާންމާ ގުޅިގެން ބައިނަލްއަޤުވާމީ ފުޓްބޯޅައިގެ ހަރަކާތްތަކުން އިޒްރާއިލް ސަސްޕެންޑް ކުރުމަށް އިޓަލީގެ ފުޓްބޯޅަ ކޯޗަސް އެސޯސިއޭޝަން (އޭއައިއޭސީ) އިން މަސައްކަތް ފަށައިފިއެވެ.

"އިޒްރާއިލް ހުއްޓުވަންޖެހޭ, ފުޓްބޯޅައިންވެސް އެކަން ހުއްޓުވުމަށް ފިޔަވަޅު އަޅަންޖެހޭ" އެ އެސޯސިއޭޝަނުން މިހެންބުނީ ކުރިއަށްއޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިޓަލީގެ ޤައުމީޓީމުން އިޒްރާއިލްއާ ދެކޮޅަށް ވޯލްޑްކަޕް ކޮލިފައިންސްގެ ދެ މެޗެއް ކުޅެން ހަމަޖެހިފައި ވަނިކޮށެވެ.

އޭއައިއޭސިން ވަނީ ޔޫރަޕްގެ އަދި ދުނިޔޭގެ ފުޓްބޯޅައިގެ އިދާރާތަކަށް ފޮނުވުމަށްޓަކައި އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނަށް އިޒްރާއިލް ސަސްޕެންޑް ކުރުމާގުޅޭ ސިޓީއެއްވެސް ފޮނުވާފައިވާކަމަށް އެފަރާތުން ބުނެފައިވެއެވެ. 

"ކޮންމެ ދުވަހަކު ހިންގާ ބޮޑެތި ޤަތުލްތަކާއި, މަރާލާފައިވާ އެތައް އެތްލީޓުންނަކާއި, ކޯޗުން އަދި ކުޅުންތެރިންގެ ހައްޤުގައި މި ފިޔަވަޅު އެޅުމަކީ ޤާނޫނީ ގޮތުން ސައްހަ, އަދި ކޮންމެހެންވެސް އަދާކުރަންޖެހޭ ވާޖިބެއްކަމަށް އޭއައިއޭސީގެ ޑިރެންޓަރުންގެ ބޯޑުގެ އިއްތިފާޤުން ޤަބޫލުކުރަނީ" ޔުއެފާ އަދި ފީފާއަށް ފޮނުވުމަށްޓަކައި އެ އެސޯސިއޭޝަނުން ފޮނުވި ސިޓީގައި ވާކަމަށް ރިޕޯޓްތައް ބުނެފައި ވެއެވެ.

Advertisement
Advertisement

އޭއައިއޭސީގެ ނައިބުރައީސް ޖިއަންކާލޯ ކަމޮލީސޭ ބުނީ އެމީހުންނަށް ހަމައެކަނި ކުޅުމަށް ފޯކަސްކޮށްގެންވެސް އުޅެވިދާނެކަމަށާއި އެކަމަކު އަނެންހެން ވިސްނާއިރު އެއީ ރަނގަޅުގޮތެއް ނޫންކަމަށް އެންމެންވެސް ޤަބޫލުކުރާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow