އެމްބާޕޭގެ ދެ ގޯލާއެކު ރެއާލުން ސެލްޓަވީގޯގެ މައްޗަށް މޮޅެއް
ރެއާލަށް ދެ ގޯލް ކާމިޔާބުކޮށްދިން އެމްބާޕޭ. ފޮޓޯ: ރެއާލް މެޑްރިޑް

އެމްބާޕޭގެ ދެ ގޯލާއެކު ރެއާލުން ސެލްޓަވީގޯގެ މައްޗަށް މޮޅެއް

5 hours ago - 20:01
May 4, 2025 - 20:02

ކީލިއަން އެމްބާޕޭގެ ދެގޯލާއެކު ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހު ރެއާލް މެޑްރިޑް އިން ސެލްޓަވީގޯގެ މައްޗަށް ކާމިޔާބު ހޯދައިފިއެވެ. 3-2 ން މޮޅުވެ ތާވަލްގެ ކުރީގައި އޮތް ބާސެލޯނާއާ އަނެއްކާވެސް ރެއާލުންވަނީ ޕޮއިންޓްގެ ފަރަގު ކުޑަކޮށްފައެވެ. އަންނަ ހަފުތާގައި ލީގުގައި މި ދެޓީމުގެ 'ކްލެސީކޯ' އެއް ފެނިގެންދާނެއެވެ.

މެޗުގެ 33 ވަނަ މިނިޓްގައި ސެޕްޓަވީގޯގެ ގޯލް ފޫއަޅުވާލާ ރެއާލަށް ލީޑު ނަގައިދިނީ ޒުވާން ކުޅުންތެރިޔާ އަދްރާ ގުލާއެވެ. ލޫކަޒް ވަޒްކޭޒް ތަނަވަސްކޮށްދިން ފުރުޞަތުގައި ދެ ޑިފެންޑަރުންގެ ދޭތެރެއިން ލިބުނު ހަނި އެންގަލްއިން ވައަތު ފައިން ފޮނުވާލި ބޯޅަގެ އަމާޒަކަށް ވީ ސީދާ ގޯލްގެ ދާގަނޑެވެ.

އޭގެ ހަ މިނިޓްފަހުން އެމްބާޕޭ ރެއާލަށް ލީޑު ފުޅާކޮށްދިނީ މެދުތެރެއަށްކުޅޭ ޖޫޑް ބެލިންގްހަމް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. މެޗުގެ ތިންވަނަ ގޯލް ކާމިޔާބު ކުރުމުގައި އެމްބާޕޭއަށް އެހީތެވީވެސް ލީޑު ނަގައިދިން ގުލާއެވެ. އެއީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓްގެތެރޭގައެވެ.

ތާވަލްގެ ހަތްވަނައިގައި އޮތް ސެލްޓަވީގޯއިން ދެ ގޯލްވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. 69 ވަނަ މިނިޓްގައި ސެލްޓަވީގޯގެ ފުރަތަމަގޯލް ކާމިޔާބުކޮށްދިނީ ހާވީ ރޮޑްރިގޭޒްއެވެ. އޭގެ ހަތް މިނިޓް ފަހުން ވިލިއޮޓް ސްވެބާގް ވަނީ ނަތީޖާގެ ފަރަގުކުޑަކޮށްދީފައެވެ. ސެލްޓަވީގޯގެ ފަރާތުން މެޗު ނިމެމުން ދިޔަވަރަކަށް ރެއާލަށް ޕްރެޝަރު ބޮޑުކުރި ނަމަވެސް އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow