
ތަމްރީނު ހަދަމުންދިޔަ ރެކްރޫޓެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި
ދ. ވާނީގައި ތަމްރީނު ހަދަމުން ދިޔަ ރެކްރޫޓެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ދ. ވާނީގައި ތަމްރީނުވަމުންދިޔަ ރެކްރޫޓެއް ހާލު ދެރަވެގެން ފަތިހު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދެވުނުކަމަށެވެ. އޭނާގެ ހާލަތު ވަރަށް ސީރިއަސްވުމާ ގުޅިގެން މިއަދު މެންދުރު އޭނާ މާލެ ގެނެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އައިޖީއެމްއެޗަށް ގެނެސް ފަރުވާދެމުންދާއިރު އޭނާގެ ހާލު ވަރަށް ކްރިޓިކަލްކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން މިހާތަނަށް ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތުގައި ފަރުވާދެމުން ގެންދަނީ ކޮންޖިއްސެއްގެ އަދި ކޮން އުމުރެއްގެ ރެކްރޫޓެއްކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.
ރިއެކްޝަންސް






