މީގެފަހުން ޖަލުގައި މަރުވާ އެއްވެސް ގައިދީއަކު ޕޯސްޓްމޯޓަމް ނަހަދާ ޢާއިލާއާ ހަވާލެއް ނުކުރާނަން: ހޯމް މިނިސްޓަރ އިހުސާން

މީގެފަހުން ޖަލުގައި މަރުވާ އެއްވެސް ގައިދީއަކު ޕޯސްޓްމޯޓަމް ނަހަދާ ޢާއިލާއާ ހަވާލެއް ނުކުރާނަން: ހޯމް މިނިސްޓަރ އިހުސާން

2 months ago - 15:17
Jun 30, 2024 - 10:11

މީގެފަހުން ޖަލުގައި މަރުވާ އެއްވެސް ގައިދީއަކު ޕޯސްޓްމޯޓަމް ނަހަދާ، ޢާއިލާއާ ހަވާލު ނުކުރާނެ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި އިއްޔެ ނިޔާވި، ށ. ފުނަދޫ، ޒަމާނީވިލާ، މުޙައްމަދު ޖަމީލް 45، ގެ މަރާބެހޭ އިތުރު މަޢުލޫމާތު ދިނުމަށް ހޯމް މިނިސްޓްރީން ބޭއްވި، ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހާކަ ދައްކަވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ، ޖަލުގައި އެއްވެސް ހާލަތެއްގައި މަރުވާ އެއްވެސް ގައިދީއަކު މީގެ ފަހުން ދެން ޢާއިލާއާ ހަވާލުކުރާނީ، ޕޯސްޓްމޯޓަމް ހަދައި، އެކަމުގެ ރިޕޯޓްތައް ލިބި، މުއައްސަސާތަކުން ފުރިހަމައަށް ޖަވަބުދާރީވެވޭ ވަރަށް ތައްޔާރުވެގެން ކަމަށެވެ. އަދި މީގެއިތުރުން ޖަލުގައި ގައިދީން ބެލެހެއްޓުމުގައި މިހާރު ޢަމަލުކުރަމުން އަންނަ އުސޫލުތަކަށް ވަރަށް ބޮޑު ބަދަލުތަކެއް ގެންނަވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ބައެއް ގައިދީން ނަމާދުގެ ސަޖިދާގައި ވަރަށް ގިނައިރު ތިބެ ކަމަށާއި، މިއަދަށް ފަހު އެހެން ސަޖިދާގައި މާގިނައިރު ވަންޏާ ކަރެޝަންގެ އޮފިސަރުން އެމީހާގެ ހާލަތު ޗެކްކުރާނެ ކަމަށެވެ. އެއީ ޖަމީލުގެ މަރުގެ ހާދިސާގައި ހިނގި ފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

"މީގެފަހުން ގަޑިއަކުން އެއްފަހަރު ގައިދިންގެ ހާލަތު މޮނިޓަރ ކުރެވެމުން ދާނެ. އެއީ އަޅުކަމުގައި ހުއްޓަސް ވެސް ފުރާނަ ހުރިތޯ ބެލުމުގެ ގޮތުން." މިނިސްޓަރ ވިދާޅުވި އެވެ.

ޖަމީލު ނިޔާވެފައި އެހާގިނައިރުވީ ވެސް އޭނާ، ނަމާދުގެ ސަޖިދާގައި އޮތްކަމަށް ހީކުރެވިގެންނެވެ. އެހެން ކަމުން އެމަރާގުޅިގެން އިސްލާހުކުރަން ފާހަގަކުރެވުނު ކަންތައްތައްކުރިމަގުގައި، އެފަދަ ކަންތައްތައް ތަކުރާރު ވިޔަނުދިނުމަށް އިސްލާހު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow