ރައީސުލްޖުމްހޫރިއްޔާގެ ތާރީހީ ޕްރެސްއަށް ތަޢުރީފްގެ ބަސްތައް އޮހެނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ތާރީހީ ޕްރެސްއަށް ތަޢުރީފްގެ ބަސްތައް އޮހެނީ

4 hours ago - 14:48
May 4, 2025 - 15:14
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ބޭއްވެވި ތާރީހީ ނޫސްވެރިންގެ ބައްދަލުވުމަށް ގިނަބައެއްގެ ތައުރީފްގެ ބަސްތައް ރައްދުކުރަން ފަށައިފިއެވެ.

ކުރިއާލައި އިއުލާނުކުރެވިގެން ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާއި ގުޅިގެން ރައީސް އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ވަނީ ގާތްތަގަޑަކަށް 15 ގަޑިއިރަށް ދިގުދެމިގެން ގޮސްފައެވެ. ހެނދުނު 10:00 ފެށި ބައްދަލުވުން ވަނީ 12:54 އާ ހަމައަށް ކުރިއަށް ގެންދަވާފައެވެ.  މިވަގުތުގެ ތެރޭގައި މި ބައްދަލުވުން މެދުކަނޑާލެއްވީ ހަތަރު ފަހަރު އެވެ. އެއީ މެންދުރު ނަމާދު ކުރެއްވުމަށާއި އަސުރު ނަމާދާއި މަޣުރިބު ނަމާދު އަދި އިޝާ ނަމާދު ވަގުތަށް އެކަންޏެވެ.

ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ ނޫސްވެރީންނަށް ބޭނުންވާ ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު ދެއްވި މި ބައްދަލްވުން ފެށިގެން ގޮސް ނިމެންދެއް ރައީސް ހުންނެވީ ޕޯޑިއަމް ކައިރީގައި ކޮޅަށެވެ. ނޫސްވެރީން ތިބީ ގޮނޑިތަކުގައި އިށީންދެގެނެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމަށް އިޝާރާތްކުރައްވައި ރާއްޖޭގެ ދިފާއީ ވަޒީރު ޣައްސާން މައުމޫނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ކޮންމެ ދުވަހަކު ރައީސް މުޢިއްޒު މަސައްކަތަށް ދެއްވާ އަހަންމިއްޔަތާއި ބަހައްޓަވާ ފަރުވާތެރިކަމާއި ވަރުބަލިކަމެއްނެތި ދެއްވާ ވަގުތު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުން ފެނިގެން ގޮސްފައިވާ ކަމަށެވެ.

Advertisement
Advertisement

"މިއީ ކޮންމެ ދުވަހަކު ރައީސް މުޢިއްޒު ގެންގުޅުއްވާ ވޯކް އެތިކް. އައްސަރިބަހާއި ސާބަސް. މުޅި ޤައުމު ރައީސް މުޢިއްޒަށް ފަޚުރުވެރިވޭ" ޣައްސާން ވިދާޅުވިއެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ވަނީ ވަރަށް ޒާތީކޮށް، ރައީސަށް ނިސްބަތްކޮށް ނޫސްވެރީންގެ ދަރަޖައިން ބޭރުވެ ބަޔަކު ގަސްތުގައި ފަތުރާފައިވާ ދޮގު އެތައް ވާހަކަތަކެއް ހިމެނޭހެން ބައެއް ސްޓޭޓްމަންޓް ދީފައިވެ އެވެ. މިހުރިހާ ވަގުތެއްގައިވެސް ރައީސްގެ ފަރާތްޕުޅުން އިއްޔެ ފެނިގެން ގޮސްފައި ވަނީ ކެތްތެރިކަމާއި ރިވެތި އަޚްލާގުކަން ގިނަބަޔަކު ވަނީ ފާހަގަކޮށްފައެވެ.

މިކަމަށް އިޝާރާތްކުރައްވާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަކީލް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ރައީސްގެ ކެތްތެރިކަމާއި އިހުލާސްތެރިކަމުގެ ރިވެތި އަޚުލާގު ފެނިފައިވާ ކަމަށެވެ.

"ނަމަވެސް މިއަދު 15 ގަޑިއިރުވަންދެން ނޫސްވެރިންނާ ބައްދަލުކޮށް ކެތްތެރިކަމާއެކު މުޅިދުނިޔެ ކުރިމަތީގައި ތިޔަ ދެއްކެވި ކެތްތެރިކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާ" ޝަކީލް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އެތައް، އެތައް ބަޔަކު ގެންދަނީ އިއްޔެގެ ނޫސްކޮންފަރެންސްގައި ރައީސް މުއިއްޒުގެ ފަރާތުން ފެނިގެން ދިޔަ ކެތްތެރިކަމާއި، ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވި ގޮތްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement