ބިދޭސީއަކަށް ވަޅިން ހަމަލާދީ ފޭރުނު މީހަކު ހައްޔަރުކޮށްފި
ވަޅިން ހަމަލާ ދިނުމަށްފަހު ފޭރުނު މީހާ

ބިދޭސީއަކަށް ވަޅިން ހަމަލާދީ ފޭރުނު މީހަކު ހައްޔަރުކޮށްފި

1 year ago - 15:40
Dec 5, 2024 - 15:42
Advertisement
Advertisement

ބިދޭސީއަކަށް ވަޅިން ހަމަލާދީ ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ވަޅިން ހަމަލާ ދިނުމަށްފަހު ބިދޭސީއެއްގެ އަތުން ފޭރުމުގެ އަމަލު ހިންގީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކަމަށެވެ.

އިއްޔެ ކުރި ރިޕޯޓާ ގުޅިގެން އެކަން ކުރި ހއ.މާރަންދޫ އުތުރުގެ އިބްރާހީމް މުޙައްމަދު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ވަޅިން ހަމަލާދީ ފޭރުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިތިގަސް މަގުން ކަމަށް ފުލުހުން ބުންޏެވެ. ވަޅިން ހަމަލާ ދިނުމަށްފަހު ބިދޭސީ މީހާގެ ފޯނު އޭނާ ވަނީ ފޭރިގަންފައެވެ.

އަނިޔާވި ބިދޭސީ މީހާއަށް އެޗް16 ކްލިނިކްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފޭރުނު މީހާ ފުލުހުން ދެނެގަތީ އެސަރަހައްދުގެ ސީސީޓީވީ ފުތޭޖްތައް ބަލައިގެންނެވެ. 

އިއްޔެގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށް މުއްދަތު ޖަހަން މިއަދު ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ތަހުގީގު ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން އިތުރު މީހަކު ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement