
ފުވައްމުލަކުގައި މަސައްކަތްކުރަމުން ދިޔަ އަލިފުށި ޒުވާނަކު ކުއްލިއަކަށް މަރުވެއްޖެ
ފުވައްމުލަކުގައި މަސައްކަތްކުރަމުން ދިޔަ އަލިފުށި ޒުވާނަކު ކުއްލިއަކަށް މަރުވެއްޖެ އެވެ. މަރުވީ ރ.އަލިފުށީ އަބަދައްހިޔާގެ, ޢަބްދުالله ރިޝްދާން (27އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވީ ރިޝްދާން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަކަށް ގެންދިޔައީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓެއްގައި މަސައްކަތްކުރަން ހުއްޓާ ޚަބަރު ހުސްވެ, ވެއްޓިގެން ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތާ ހަވާލާދެއްވާ ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އެޒުވާނާގެ މޫނުމައްޗަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މައްސަލަ ފުލުހުންނަށް ރިޕޯރޓް ކުރީ މިއަދު 12:11 ހާއިރު ކަމަށާއި, މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






