
ސިވިލްސަރވިސް ކޮމިޝަނަށް މުޖުތާޒު, ރުހުން ދީފި
ސިވިލްސަރވިސް ކޮމިޝަންގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު މުޙައްމަދު މުޖުތާޖު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދެއްވައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މުޖުތާޖުގެ ނަމަށް މަޖިލިހުން ރުހުންދެއްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީން ވަނީ މުޖުތާޖުއަށް 88.1 މާރކްސް ދެއްވާފައެވެ.
މުޖުތާޖު ވަނީ ރައްޔިތުންގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ މެމްބަރުކަމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިވެސް މަސައްކަތް ކުރައްވާފައެވެ. ސިވިލްސަރވިސް ކޮމިޝަންގެ މެމްބަރެއްގެ މަގާމް ހުސްވީ އެކޮމިޝަންގެ ނައިބުރައީސް ކަމުގައި ހުންނެވި އިބްރާހީމް ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާދެއްވީ ރައްޔިތުންގެ މަޖިލިހުން އިތުބާރު ނެތްކަމުގެ ވޯޓް ނަގަން ތައްޔާރުވެފައި ވަނިކޮށެވެ.
ރިއެކްޝަންސް






