ފައްޔާޒު އާއި މަންދީގެ އިތުރުން އެމްޑީޕީގެ މައްޗަށް ފަސްޓްލޭޑީ ދެ ދައުވާއެއް އުފުލައިފި
އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް: ފޮޓޯ-އެމްޑީޕީ

ފައްޔާޒު އާއި މަންދީގެ އިތުރުން އެމްޑީޕީގެ މައްޗަށް ފަސްޓްލޭޑީ ދެ ދައުވާއެއް އުފުލައިފި

2 months ago - 13:46
Apr 16, 2025 - 13:46
Advertisement
Advertisement

 އެމްޑީޕީއާއި އެޕާޓީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލްއާއި, އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށް ފަސްޓްލޭޑީގެ ފަރާތްޕުޅުން ދެ ދައުވާއެއް ކޮށްފިއެވެ.

ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުގެ ފަރާޕްޕުޅުން ރެހެންދި ޗެމްބަރސްއިން ދައުވާ އުފުލީ ސިވިލް ކޯޓާއި ފެމިލީ ކޯޓްގައެވެ. ފެމިލީ ކޯޓަށް ހުށަހެޅުއްވީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށްދިނުމާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމަތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާކަމަށް ބުނެއެވެ.

ސިވިލް ކޯޓަށް ހުށަހެޅުއްވީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްޤު ނިގުޅައިގެންފައިވާކަމަށް ބުނެއެވެ. ދެ ކޯޓަށް ދައުވާ ހުށަހެޅުއްވީ އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދިޔަ މަގުމަތީ ހަރަކާތުގެ ތެރޭގައި މަރިޔަމް ޒުބެއިރު ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން ޢުމައިރު މުހައްމަދު މުއިއްޒު ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. ވޭޕާ ގުޅުވާ ދެއްކި އެވާހަކައަކީ އުމައިރުގެ ނަފްސާއި ފުރާނައާއި ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި, ކިޔެވުމާއި މުސްތަގުބަލަށް ބޮޑަތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއްކަމަށް ދައުވާ ހުށަހެޅުއްވިކަން ހާމަކުރެއްވުމަށް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement