ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ތޮއްޑޫގައި ހިންގި އޮޕަރޭޝަނުން 107 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ތޮއްޑޫގައި ހިންގި އޮޕަރޭޝަނުން 107 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

49 minutes ago - 08:11
Advertisement
Advertisement

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އާންމުންގެ ޝަކުވާތައް އިތުރުވެފައިވާ އއ. ތޮއްޑޫގައި ޓާސްކްފޯސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.


މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ހެނދުނު 6:00 އިން ހަވީރު 4:00 އަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 507 ބިދޭސީއަކު ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.


ތޮއްޑޫއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ އަދި ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިވެސް ހިންގަމުން އަންނަ ރަށެކެވެ. ގިނަ އަދަދެއްގެ އާއިލާތަކުން ދަނޑުވެރިކަމަށް ބަރޯސާވެފައިވާއިރު، އެ ރަށުގެ ދަނޑުވެރީންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދަނޑުތަކުގެ މަސައްކަތްތައް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައި އޮތުމެވެ. އެހެންކަމުން މިއީ އެ ރަށުގެ ރައްޔިތުން އެކަމަށް އެދިއެދި ތިބި މުހިންމު ހައްލެކެވެ.


ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި އޮތް އިޖްތިމާޢީ އަދި އިޤްތިސާދީ ބޮޑު މައްސަލައަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މި މައްސަލަ ހައްލުކުރުމަށް ވަނީ ވަރުގަދަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، ގައުމެއްގެ ބިދޭސީ އާބާދީގެ ތެރެއިން ވަނަވަރު ފުރިހަމައަށް ދެނެގަނެވިފައިނުވާ މީހުންގެ ނިސްބަތް އެއް އިންސައްތައިގައި ހިފެހެއްޓިފައިވާ ދުނިޔޭގެ މަދު ގައުމުތަކުގެ ތެރޭގައި މިހާރު ރާއްޖެ ވަނީ ހިމެނިފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement