ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

49 minutes ago - 08:23
Advertisement
Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.


ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން 15 ނޮވެމްބަރު ވާ ދުވަހުގެ 16:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު ހުށަހަޅަންޖެހޭނެއެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމަށްފަހު އެއްވެސް ފޯމެއް ބަލައިނުގަންނާނެ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.


މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި، ގްރޭޑް 10 ނިންމާފައިވުމާއެކު، މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވާންޖެހެއެވެ. މީގެއިތުރުން އިސްކޮޅުގެ މިންގަނޑަށް ބަލާއިރު، ކުރިމަތިލާ ފަރާތަކީ ފިރިހެނެއް ނަމަ އިސްކޮޅުގައި މަދުވެގެން 5 ފޫޓު 3 އިންޗި، އަދި އަންހެނެއް ނަމަ 5 ފޫޓު 2 އިންޗި ހުންނަންޖެހޭނެއެވެ.


އަދި ހަމައެއާއެކު، ވަޒީފާއަށް އެދޭ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ އޭގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ އެއްވެސް ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ. މީގެއިތުރުން، ފާއިތުވި 5 އަހަރުގެ ތެރޭގައި މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ މީހަކަށް ނުވުމާއި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.


ސްޕެޝަލް ކޮންސްޓަބިއުލަރީގެ ތަމްރީންތައް ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ވެސް މި ވަޒީފާއަށް ކޮންމެހެން ބޭނުންވާ ކަމެކެވެ. އެގޮތުން، ވަޒީފާއަށް މީހުން ހޮވުމުގައި ބާއްވާ ފިޒިކަލް ފިޓްނަސް ޓެސްޓާއި، ފެތުމުގެ ޓެސްޓުގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރާފް ޓެސްޓް އަދި އިންޓަވިއުއިން ވެސް އެދޭ ފަރާތްތައް ފާސްވާންޖެހޭނެ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement