ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކަށް ބޮޑު ޖޫރިމަނާއެއް ލިބޭ ގޮތަށް ގެނައި ބަދަލު ތަސްދީގު ކުރައްވައިފި
ރައީސް ބިލް ތަސްދީގު ކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކަށް ބޮޑު ޖޫރިމަނާއެއް ލިބޭ ގޮތަށް ގެނައި ބަދަލު ތަސްދީގު ކުރައްވައިފި

ތިން މަސްތެރޭ ގަވާއިދުތައް ހަދަން ޖެހޭ

15 days ago - 07:53
Advertisement

ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކަށް ބޮޑު ޖޫރިމަނާއެއް ލިބޭ ގޮތަށް އޮތް ޤާނޫނަށް ގެނައި ބަދަލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ވަޒީފާއާބެހޭ ޤާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ. މިއީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލެކެވެ.

މިބިލް ތަސްދީގު ކުރެއްވުމާއެކު ބިދޭސީންނާމެދު އިހުމާލުވާ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ލިބޭނެއެވެ. އެއީ އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50,000 ރުފިޔާގެ މަގުންނެވެ.

މީގެއިތުރުން ކޮންމެ ތިން އަހަރަކުން ކޯޓާ ފީއާއި, ވާކް ޕާމިޓް ފީވެސް މިގާނޫނުގެ ދަށުން ބޮޑުކުރެވޭނެއެވެ. މިހާރު ކޯޓާ ފީއަކީ އަހަރަކު 2000 ރުފިޔާއެވެ. އަދި ކޯޓާ ފީއަކީ މަހަކު 350 ރުފިޔާ އެވެ. މިޤާނޫނުގައި ބަޔާންކޮށްފައިވާ އެހެން ކަންކަމުގެ ތެރޭގައި ބިދޭސީ މީހާ މަސައްކަތްކުރާނެ ވަރކްސައިޓް ރަޖިސްޓަރީކުރުމާއި، ކަމާގުޅޭ އެނޫންވެސް ހުއްދަތައް ހޯދުމާއި، އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުމާއި ވަރކް ޕަރމިޓް ހެއްދުން ހިމެނެއެވެ. މީގެ އިތުރުންވެސް ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅުއްވާނެ ފިޔަވަޅުތައްވެސް ބަޔާންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލާ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަން ޖެހެއެވެ. ބިލް ތަސްދީގުކޮށް, ޤާނޫނު މިހާރު ވަނީ ގެޒެޓްކޮށްފައެވެ.

Advertisement

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement