އެކްސިޑެންޓް މައްސަލައިގައި ހައިކޯޓުން ދޫކޮށްލި މީހާ އަލުން ހައްޔަރުކޮށްފި
އެކްސިޑެންޓް މައްސަލައިގައި ހައްޔަރު ކުރި މީހުން

އެކްސިޑެންޓް މައްސަލައިގައި ހައިކޯޓުން ދޫކޮށްލި މީހާ އަލުން ހައްޔަރުކޮށްފި

އަލުނހް ހައްޔަރުކުރީ ރޭ ދަންވަރު

15 days ago - 07:36
Advertisement

ކާރު އެކްސިޑެންޓް މައްސަލައިގައި ހައިކޯޓުން ދޫކޮށްލި އިބްރާހީމް އިކްރާމް އަލުން ހައްޔަރުކޮށްފި އެވެ.

އޭނާ ހައިކޯޓުން ދޫކޮށްލީ ޝަރީއަށް ނިމެންދެން ބަންދުކުރި އަމުރު ނެރުނީ ގޯސްކޮށް ކަމަށް ބުނެއެވެ. އެއީ ވަކީލެއްގެ ފުރުޞަތު ނުދީ ޝަރީއަތް ނިމެންދެން ބަންދުކުރުމުންނެވެ. ކޯޓުން އޭނާ ދޫކޮށްލުމާއެކު ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ކަން ހިނގިގޮތް ތަހުގީގުކޮށް, އިހުމާލުވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށެވެ. ދޫކޮށްލި މީހާ އަލުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކްސްގައި މިނިސްޓަރ ވިދާޅުވީ ރޭ ދަންވަރު 9:33 ގައެވެ. އަދި ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރިކަން އިއުލާނުކުރެއްވީ ރޭ ދަންވަރު 1:36 ގައެވެ.

އިކްރާމް ހައްޔަރުކުރީ ޖުލައި މަހު ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓަކާ ގުޅިގެންނެވެ. އޭނާ ދުއްވި ސްޕޯރޓްސް ކާރު ބާރު ސްޕީޑްގައި ގޮސް, ކޮންޓްރޯލް ނުވެ ޖެހުނީ މަގުގެ އެއްފަރާތުގައި ސައިކަލް މަތީގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގައެވެ. ޖެހުމާއެކު އެމީހާ ވިއްސައިގެން ދިޔައެވެ. އޭނާއަށް ގިނަ ޒަޚަމްތަކެއް ލިބި ހޮސްޕިޓަލްގައި އެޑްމިޓް ކުރިއެވެ.

 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement