އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށްޓަކައި ހުޅުލޭ ޕާކިން ޒޯންތަކަށް ވަގުތީ ބަދަލުތަކެއް
ހުޅުލޭގެ ޕާކިން ޒޯނެއް / ފޮޓޯ:އެމްއޭސީއެލް

އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށްޓަކައި ހުޅުލޭ ޕާކިން ޒޯންތަކަށް ވަގުތީ ބަދަލުތަކެއް

6 hours ago - 16:47
Advertisement
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށްޓަކައި ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ވަގުތީ ގޮތުން ޕާކުކުރުން މަނާކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

އެމްއޭސީއެލް އިން ބުނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިގޮތަށް އަމަލުކުރަން ފަށާނެކަމަށެވެ.

އެގޮތުން އިރުމަތީ ފަރާތު ޕާކިން ޒޯންގައި ހަތަރު ފުރޮޅުލީ އުޅަދުތައް ޖުލައި 17، 2025 އިން ފެށިގެން ޕާކުކުރުމަކީ މަނާ ކަމެއްކަމަށް އެމްސީއެލްއިން ބުންޏެވެ. އެހެންކަމުން، މި ތާރީހުގެ ކުރިން މި ޒޯނުގައި ޕާކުކޮށްފައިވާ ހަތަރުފުރޮޅުލީ އުޅަނދުތައް ނެގުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.

މީގެ އިތުރުން، ހުޅަނގު ފަރާތު ޕާކިން ޒޯނުގައި ޖުލައި 17، 2025 ގެ 18:00 ގެ ފަހުން އެއްވެސް އެއްގަމު އުޅަނދެއް ޕާކުކުރުމަކީ މަނާ ކަމެއް ކަމަށާއި، އަދި އެދުވަހަށް ފަހު، މި ޕާކިން ޒޯންތަކުގައި ހުންނަ އުޅަނދުތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ހުސްކުރެވޭނެ ކަމަށް އެމްސީއެލްއިން ބުންޏެވެ.

Advertisement
Advertisement

ޕާކިން ޒޯނުތަކުގައި އަލުން ޕާކު ކުރެވޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށާއި، އަދި މި ބަދަލާ ގުޅިގެން ދަތުރުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެއާޕޯޓު ކުންފުނިން ނިހާޔަތަށް މައާފަށް އެދޭކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement