ހިރިމަރަދޫ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރަން ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ ހިރިމަރަދޫ ކައުންސިލާ ބައްދަލުކުރައްވަނީ

ހިރިމަރަދޫ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރަން ނިންމަވައިފި

1 year ago - 12:30
Feb 1, 2025 - 12:30
Advertisement
Advertisement

ހދ. ހިރިމަރަދޫ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމަވައިފި އެވެ. ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއީ އެރަށުގެ ރައްޔިތުންގެ އެދިވަޑައިގަތުމުގެ މަތީން ނިންމެވި ނިންމެވުމެއް ކަމަށެވެ.

މިފަދަ ނިންމެވުމެއް ނިންމެވިއިރު މިދިޔަ އަހަރު ފެބްރުއަރީ މަހު ރައީސުމްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އެރަށު ކައުންސިލާ ބައްދަލުކުރައްވާ އެރަށުގެ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އެގޮތުން ޚާއްޞަ މަޝްރޫޢެއްގެ ގޮތަށް ހިރިމަރަދޫ ކައުންސިލް އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ފައްޓަވައި، 20 ދުވަސްތެރޭ ޢަމަލީ މަސައްކަތް ފެއްޓެވުމަށް ނިންމެވިކަން ރައީސް ހާމަކުރެއްވިއެވެ.

އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement