ފުލުހުންގެ މުއައްސަސާ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދާ ހަވާލުކޮށްފި
ފޮޓޯ- ޕީއެސްއެމް ނިއުސް

  ފުލުހުންގެ މުއައްސަސާ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދާ ހަވާލުކޮށްފި

2 hours ago - 12:12
Advertisement
Advertisement

ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ޙަވާލުކުރައްވައިފިއެވެ.


ފުލުހުންގެ މުއައްސަސާ ހިންގެވުން ފަރުހާދާ ވަގުތީގޮތުން މި ހަވާލުކުރެއްވީ، އެ މުއައްސަސާގެ ހިންގުމާ ހަވާލުވެ ހުންނެވި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ފުލުހުންގެ ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.


ފަރުހާދު ފިކުރީ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ 16 ފެބްރުއަރީ 2024 ގައެވެ. އޭނާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 30 މާރިޗު 1991 ގައި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތް ފަރުހާދު ވަނީ ވޭތުވެދިޔަ 33 އަހަރުގެ ތެރޭގައި އެ މުއައްސަސާގެ ތަފާތު އެކި ދާއިރާތަކުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.


އޭނާ ވަނީ އޮޕަރޭޝަނަލް ދާއިރާ، ތަޙުޤީޤީ ދާއިރާ، އަދި އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހާތަކުގެ އިސް މަޤާމުތައް ފުރުއްވާފައެވެ. ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިންގ ހެޑްގެ މަޤާމުގައެވެ.

Advertisement
Advertisement


މިއީ ފުލުހުންގެ މުއައްސަސާ ހިންގުން ފަރުހާދާ ވަގުތީގޮތުން ހަވާލުކުރި ދެވަނަ ފަހަރެވެ. މީގެކުރިން 25 ނޮވެމްބަރު 2023 ގައި އޭރުގެ ޕޮލިސް ކޮމިޝަނަރ ރިޓަޔަރ ކުރެއްވުމާ ގުޅިގެންވެސް، އެސިސްޓެންޓް ކޮމިޝަނަރުގެ މަޤާމުގައި ހުންނަވައި ފަރުހާދު ވަނީ ވަގުތީގޮތުން މުއައްސަސާ ހިންގަވާފައެވެ.


ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުން، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ހުސްވެއްޖެނަމަ، އެ ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ މަޤާމަށް ބޭފުޅަކު އައްޔަންކުރަން ޖެހެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement