
ސިހުރުހަދާކަމުގެ ތުހުމަތުގައި ހޯރަފުށިން މީހަކު ހައްޔަރުކޮށްފި
ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހއ. ހޯރަފުށިން މީހަކު ހައްޔަރު ކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 2 ވަނަ ދުވަހު ކަމަށެވެ.
ހައްޔަރުކުރެވުނު ފަރާތަކީ ވ. ކެޔޮދޫ / ތިބުރޯޒުގެ، 34 އަހަރުގެ މުޙައްމަދު ޢަބްދުލްކަރީމުކަމަށާއި، އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުގެ ފަރާތުން ތަހުގީގުކުރަމުން އަންނަކަމަށް ވެސް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވިއެވެ.
ރިއެކްޝަންސް






