މަސްތުވާތަކެއްޗާއެކު ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށް، ބަންދަށް 10 ދުވަސް ޖަހައިފި

މަސްތުވާތަކެއްޗާއެކު ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށް، ބަންދަށް 10 ދުވަސް ޖަހައިފި

1 hour ago - 09:37
Advertisement
Advertisement

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަޙްމަދު ފާޒިލް ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.


ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، ފާޒިލް ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގެ ތެރެއިން އޭނާއާ ގުޅުންހުރި ދެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 256.01 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.


ފާޒިލަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ވޮލީބޯޅަ މުބާރާތްތަކުގައާއި ޤައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކައި، ގިނަ މުބާރާތްތަކެއްގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވާ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. މީގެ އިތުރުން، އޭނާއަކީ މިހާރުގެ ޤައުމީ ވޮލީ ޓީމުގެ ކެޕްޓަން އަޙްމަދު ފައިރޫޒްގެ އެއްމާބަނޑު ބޭބެއެވެ.


މަސްތުވާތަކެތީގެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވާއިރު، މިދިޔަ މަހު ކެޔޮދޫގައި ކުރިއަށްދިޔަ ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން ހިނގި މާރާމާރީއެއްގެ މައްސަލައިގައި ވެސް ފާޒިލް ހައްޔަރުކުރިއެވެ. އަދި އެ ފަހަރުވެސް އޭނާގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement