ވިލިނގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާ އެއްޗެހިތަކެއް ފުލުހުން ހިފަހައްޓައިފި
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި / ފޮޓޯ: ޕޮލިސް

ވިލިނގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާ އެއްޗެހިތަކެއް ފުލުހުން ހިފަހައްޓައިފި

12 months ago - 12:09
Apr 6, 2025 - 14:21
Advertisement
Advertisement

ގއ. ވިލިނގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާ އެއްޗެހިތަކެއް ދިވެހި ފުލުހުން ހޯދައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ އޮޕަރޭޝަން ހިންގީ، މި މަހުގެ 4 ވަނަ ދުވަހު، މާލެއިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކުރަމުންދިޔަ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެންކަމަށެވެ. ބޯޓު ވިލިނގިލީ ބަނދަރާ ގާތްކުރުމުން، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަން ހިންގީ ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ވިލިނގިލީ ޕޮލިސް ސްޓޭޝަނުގެ ފަރާތުން މި މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރިއަށް ގެންދާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement