ބޮމުގެ ވަރުގަދަ ހަމަލާތަކާއެކު ޣައްޒާގައި އިންސާނުން ޖައްވުގެ ތެރެއަށް ބުރައިގެންދާ މަންޒަރު! ދުނިޔެއިން އިންސާނިއްޔަތުކަން މަރުވީތަ!
ހަމަލާތަކުގައި އިންސާނުން ބުރައިގެންދާގޮތް ފެންނަ ތަސްވީރެއް: އިންސްޓަރގްރާމް

ބޮމުގެ ވަރުގަދަ ހަމަލާތަކާއެކު ޣައްޒާގައި އިންސާނުން ޖައްވުގެ ތެރެއަށް ބުރައިގެންދާ މަންޒަރު! ދުނިޔެއިން އިންސާނިއްޔަތުކަން މަރުވީތަ!

1 day ago - 13:02
Apr 6, 2025 - 14:22

އިއްޔެއިން ފެށިގެން މީސްމީޑިއާގެ މަންސަތަކުގައި ދައުރުވަމުންދާ ވީޑިއޯތައް ހިތްފަޅައިގެންދާވަރުވެއެވެ. ޣައްޒާގައި އިޒްރާއިލްއިން ދެމުންގެންދާ މިސައިލްއާއި ޑްރޯން ހަމަލާތަކުގައި އިމާރާތްތައް ގޮވަމުންދާއިރު ދުންގަނޑުތެރެއިން ބުރައިގެންދަނީ އިންސާނުންގެ ހަށިތަކެވެ. ބާރުގަދަ ހަމަލާތަކެކެވެ.

އިމާރާތްތަކަށް ބޮމުގެ ހަމަލާތައް އަރަމުންދާއިރު ފެންނަ ވީޑިއޯތަކުގައި އާންމުންގެ ވޭނީ ރުއިމާއި ހަޅޭކުގެ އަޑު ގުގުމާލާފައިވެއެވެ. އިޒްރާއިލްއިން ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުން 'ނަރަކައަކަށް' ހަދަމުންދާއިރު ސުވާލަކީ ދުނިޔެއިން އިންސާނިއްޔަތުކަން މަރުވީތޯއެވެ! އަހަރެމެންނަށް އެވާހަކަ ނުދައްކަނީ އަހަރެމެންނަށް އަސަރު ނުކުރާތޯ ތޯއެވެ! ޣައްޒާގެ ރައްޔިތުން އެދެނި އެމީހުންގެ ވާހަކަ ހުއްޓާނުލާ ދެއްކުމަށެވެ. އެވަރު ކޮށްދޭން އަހަރެމެން ނުކުޅޭދެނީތޯއެވެ!

ފާއިތުވި 24 ގަޑިއިރު އެކަނިވެސް އިޒްރާއިލްގެ ހަމަލާތަކުގައި ޣައްޒާގެ އެކި ހިސާބުތަކުން 46 މީހުން ވަނީ ޝަހީދުވެފައެވެ. ޙާން ޔޫނިސްއަށް ރޭ ހަތަރުދަމުވެސް ދިޔައީ ބޮމުގެ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ހެނދުނުންފެށިގެން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި މިއަދު އެކަނިވެސް 19 މީހަކު ޝަހީދުވެފައި ވެއެވެ.

ޣައްޒާގެ މަދަނީ ދިފާއުގެ ޓީމުތަކުން ހަފުސްވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު, އިންސާނުންގެ ބައިތަކާއި, އެލުވިފައި ހުންނަ އިންސާނުންގެ ހަށިތައް މުޅި ޣައްޒާގެ އެތައްމިތާގައި ހުރި މަންޒަރުތަކަކީ ބަލަން ކުޅަދާނަ މަންޒަރުތަކެއް ނޫނެވެ. ނަމަވެސް އެއީ ހަމަކޮށްމެ ދުވަހަކު އެތައްފަހަރަކު ޣައްޒާގެ ރައްޔިތުން ތަޙައްމަލްކުރަމުންދާ ވޭނެކެވެ.

Advertisement
Advertisement

ހުއްޓުމެއްނެތި ހަމަލާތައް ދެމުންދާއިރު މާޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިޒްރާއިލްއިން ވަނީ ޣައްޒާއަށް އިންސާނީ އެހީގެ އެއްވެސް މިންވަރެއް ވަނުން ހުއްޓުވާފައެވެ. މިއާއެކު ސަޕްލައި ހުސްވެ ޣައްޒާގެ ހުރިހާ ބޭކަރީ ތަކެއް ވަނީ ބަންދުކޮށްފައެވެ. ހޫނު ކާތަކެރި ފޯރުކޮށްދޭ ކޮމިއުނިޓީ ޗެރިޓީ ބަދިގެތަކަށް އަމާޒުކޮށް އިޒްރާއިލްއިން ބޮންއަޅަމުން ދާއިރު މި އަމަލުތަކަކީ ސީދާ ޣައްޒާ ބަނޑަށް ޖެއްސުމަށް އެމެރިކާ އަޑީގައި އޮވެގެން އިޒްރާއިލްއިން ހިންގަމުންގެންދާ ހަނގުރާމައިގެ ކަޅު ޖަރީމާއެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow