
އިޒްރާއިލްއިން ޔަމަނުގެ ތިން ބަނދަރަކަށާއި ޕަވަރ ޕްލާންޓަކަށް ބޮންއަޅައިފި
ޔަމަނުންވެސް ވަނީ ރައްދުގައި ހަމަލާ ދީފައި
ޔަމަނުގައި ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ތިން ބަނދަރަކަށާއި ޕަވަރ ޕްލާންޓާކަށް އިޒްރާއިލްއިން ހަމަލާ ދީފިއެވެ. ހަމަލާތައް އަމާޒުކޮށްފައިވަނީ ހޮދައިދާ, ރަސް-އިސާ އަދި ރަތްކަނޑުގެ އައްސޭރީގައި އޮންނަ އަސް-ސައިފް ބަނދަަރަށެވެ. މީގެ އިތުރުން ރަސް-ކަތިބްގައި ހުންނަ ޕަވަރ ޕްލާންޓަކަށްވެސް އިޒްރާއިލްއިން ވަނީ ހަމަލާ ދީފައެވެ.
އިޒްރާއިލްގެ ހަމަލާތަކާ ގުޅިގެން ހޫތީންވެސް ވަނީ ރައްދު ހަމަލާ އިޒްރާއިލްއަށް ދީފައެވެ. ހަމަލާތަކާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
މިއީ މިގެ މަހެއްކުރިން ހޫތީންގެ މިސައިލެއް އިޒްރާއިލްއަށް އަރާފައިވާކަމަށް ޔަހޫދީ ސިފައިން ބުނުމުގެ ފަހުން ޔަމަނަށް ދިން ފުރަތަމަ ހަމަލާތަކެވެ. ނަމަވެސް އެހަމަލާ އިޒްރާއިލްއަށް އެރުމުގެ ކުރިން ފަނާކޮށްލާފައިވާނެކަމަށްވެސް ޔަހޫދީ ސިފައިން ވަނީ ބުނެފައެވެ. އަދި މިއަދު ދިން ހަމަލާތައްވެސް ދިފާއުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.
ޔަމަނުގެ ހަމަލާތަކާ ގުޅިގެން އިޒްރާއިލްގެ ގުދުސްގެ ބައެއް ސިޓީތަކާއި, ހަލީލު ސަހަރު އަދި ކަޅު ކަނޑުގެ އައްސޭރީގައި ސައިރަންގެ އަޑުފައްގަނޑު މިއަދު ވަނީ ގަދަވެފައެވެ.
އިޒްރާއިލްއިން ވަނީ 2023ގައި ހުތީންގެ ބާރުގެ ދަށަށް ގެނެސްފައިވާ ގެލެކްސީ ޅީޑަރ ރާޑަރު ސިސްޓަމަށްވެސް ހަމަލާ ދީފައެވެ. އިޒްރާއިލްގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި ރާޑަރު ސިސްޓަމް ބޭނުންކޮށްގެން ހޫތީން އަންނަނީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުގެ ބޯޓްފަހަރު ޓްރެކް ކުރަނުންނެވެ.
ރިއެކްޝަންސް






