
އިޒްރާއިލްއިން މިރޭވެސް އީރާނަށް ހަމަލާދޭން ފަށައިފި
އެމެރިކާއިން ބުނީ ޑީލްއަށް އަދިވެސް ލަސްނުވާކަމަށް
އިޒްރާއިލް އިން އަނެއްކާވެސް މިރޭ އީރާނަށް ހަމަލާދޭން ފަށައިފިއެވެ. މިހާތަނަށް އިޒްރާއިލްއިން އީރާނަށް ދިން އެންމެ ވަރުގަދަ ހަަމަލާތައް ރޭ ދީފައިވާއިރު, ހަމަލާތަކުގައި އީރާނުގެ އަސްކަރީ ކޮމާންޑަރުން ތަކެއް މަރުވެ, ބިމު އަޑީގައި ޤާއިމްކޮށްފައިވާ ނިއުކްލިއަރ ސައިޓެއް ވަނީ އެއްކޮށް ހަލާކުވެފައެވެ.
ރޭގެ ހަމަލާތަކުގެ ބަދަލުގައި އީރާނުން ރައްދު ހަމަލާގެ ގޮތުގައި "ނަރަކައިގެ ދޮރުތައްއިޒްރާއިލްއަށް ހުޅުވާލާނެ" ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އިޒްރާއިލްއިން ވަނީ އެއީ އަދި އެމީހުންގެ 'އޮޕްރޭޝަން ރައިސިންގ ލަޔަން' ގެ ފެށުން ކަމަށް ބުނެފައެވެ.
އެމެރިކާއިންވަނީ އީރާނަށް އަދިވެސް ނިއުކިލިއަރ ޕްރޮގްރާމް ހުއްޓާލުމުގެ ޑީލަށް އާނ އެކޭ ބުނަން އަދިވެސް ލަސްނުވާކަމަށް ބުނެފައެވެ. ޓްރަމްޕް މިއަދު ވަނީ އީރާނުން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް އެއްބަސްނުވާނަމަ އީރާންގެ 'ދުވަސް ދުއްވާލާނެ' ކަމަށް ބުނެ އިންޒާރު ދީފައެވެ.
އީރާނުގެ މީޑިއާތައް ބުނާ ގޮތުން މިރޭވެސް އިޒްރާއިލްގެ ހަމަލާތައް ތެޙްރާންގެ އުތުރާއި ދެކުނުގެ ބައެއް ހިސާބު ތަކަށާއި ފާޑޯއަށް އަމާޒުކޮށްފައިވެއެވެ. އީރާނުން ހުރުމަތްތެރި ސިޓީއެއްގެގޮތުގައި ބަލާ, ގޯމް ގެ ކައިރީގައި އޮންނަ ފާޑޯ އަކީ އީރާނުގެ ދެވަނައަށް އެންމެ ވަރުދަގަ ނިއުކުލިއަރ ސައިޓް އޮންނަ ތަނެވެ.
އީރާންގެ އެއަރ ޑިފެންސް ސިސްޓަމް އެކްޓިވޭޓްކޮށްފައިރު އިސްފަހާން އިން ގޮވުމުގެ އަޑުފައްގަނޑު އިވިފައިވާކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައި ވެއެވެ.
ރޭ ފުރަތަމަ ހަމަލާތައް ދިނުމަށްފަހު އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވީޑީއޯ މެސެޖެއްގައި ވަނީ "އިރާނުގެ ނުރައްކާ ނައްތާލެވެންދެން އޮޕަރޭޝަން ކުރިއަަށް ގެންދާނެ" ކަމަށް ބުނެފައެވެ.
ރިއެކްޝަންސް






