
އައިސިސްގެ ހަމަނުޖެހުންތަަކަށްފަހު 11 އަހަރު ފަހުން އިރާގުން މޫސަލްގެ ވައިގެ ބަނދަރު ހުޅުވައިފި
އައިސިސްގެ ބާރުގެ ދަށަށް 2014ގައި މޫސަލްގެ ވައިގެ ބަނދަރު ދިޔަފަހުން އެތަން އޮޕަރޭޓް ނުކުރޭ
މީގެ 12 ވަރަކަށް އަހަރުކުރިން ބާރުގަދަވި އިސްލާމިކް ސްޓޭޓް (އައިސިސް) އިން ހަލާކުކޮށްލި އިރާޤުގެ ދެކުނުގެ ސިޓީއެއްކަމަށްވާ މޫސަލްގެ ވައިގެ ބަނދަރު 11 އަަހަރުފަހުން މަރާމާތުކޮށް އަލުން ހުޅުވައިފިއެވެ. ވައިގެ ބަނދަރުހުޅުއްވައިދެއްވީ އިރާޤުގެ ބޮޑުވަޒީރު މުޙައްމަދު-ޝިއާ އަލް ސުދާނީއެވެ.
މިހާރު ބާރުކެނޑިފައިވާ އިސްލާމިކް ސްޓޭޓް އިން މޫސަލްގެ ވައިގެ ބަނދަރު އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައީ 2014ގައެވެ. އޭގެފަހުން ވައިގެބަނދަރުގެ އޮޕަރޭޝަންތައް ވަނީ އެއްކޮށް ހުއްޓިފައެވެ.
"މިހާރު މި ވައިގެ ބަދަރަކީ މޫސަލްއާއި އިރާޤުގެ ގިނަ އެހެންސިޓީތައްވެސް ގުޅުވައިދޭ ބަނދަރެއް" ވައިގެ ބަދަރު ހުޅުވުމަށްފަހު ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބާޔަނެއްގައި ބުނެފައިވެއެވެެ.
ވައިގެ ބަނދަރު ރަސްމީކޮށް ހުޅުވުުގެ ގޮތުން މިއަދުވަނީ ބޮޑުވަޒީރު ސުދާނީ އިންނެވި މަތިންދާބޯޓެއް އެބަނދަރަށް ޖައްސާފައެވެ. ނަމަވެސް ޑޮމެސްޓިކް އަދި އިންޓަނޭޝަލް ފްލައިޓްތަަކަށް އެއަރޕޯޓް އެެއްކޮށް ހުޅުވާލާނީ އަދި ދެ މަސްދުވަސް ފަހުންނެވެ.
މި ވައިގެ ބަނދަރުގެ މަސައްކަތް ނިންމާލާފައިި މިވަނީ އޭރުގެ ބޮޑުވަޒީރު މުސްތަފާ އަލް-ކަދީމީ ވައިގެބަނދަރުގެ މަރާމާރުކުމުގެ ބިންގާ އަޅުއްވައިދެއްވިތާ 3 އަހަރުފަހުންނެވެ.
2014 ވަނަ އަހަރު އިރާޤުގައި އައިސިސްގެ ބާރު ގަދަވެ, އިރާގުގެ ދެވަނައަށް އޮތް އެންމެ ބޮޑު ސިޓީ އެއްކޮށް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް މޫސަލްގައިވަނީ އައިސިސްގެ "ހިލާފަތެއް" ވެސް ޤާއިމްކޮށްފައެވެ. އިރާޤާއި ސީރިއާގެ ބޮޑުބައެއް އައިސިސްގެ ބާރުގެ ދަށަށް ގެންގޮސް އެތައް މިލިއަން ރައްޔިތުންނަށް އެމީހުންގެ އަނިޔާވެރި ވެރިކަން ހިންގާ އެތައްބަޔަކު ވަނީ މަރާފައެވެ.
އޭރު އިރާޤުގެ ބޮޑުވަޒީރަކަށް ހުންނެވީ ނޫރީ އަލް މާލިކީއެވެ. އައިސިސްގެ ބިރުވެރިކަން ބޮޑުވެ މާލިކީ ވަނީ އިރާޤުގައި ކުުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާފައެވެ. އަދި ނިރުބަވެރިންގެ ކިބައިން ގައުމު ހިމާޔަތްކުރުމަށްޓައި އާންމުންނަށް ހަތިޔާރުވެސް ވަނީ ދެއްވާނެކަމަށް ވިދާޅުވެފައެވެ.
އައިސިސްގެ ވެރިކަން ރަސްމީކޮށް ނިންމީ 2019 ގައި އެމެރިކާ އިސްވެ 80 ގައުމާއެކު އައިސިސް ބަލިކޮށްލުމަށް ކުރި ހަނގުރާމައިގައި ސީރިއަން ޑިިމޮކްރަޓިކް ފޯސަސްއިން އައިސިސްގެ ބާރު އެންމެގަދަ ސީރިއާގެ ޓައުންއެއް އަަތުލުމާ ހަމައިިިންނެވެ.
ނަމަވެސް އޭގެކުރިން 2017ގައި އިރާޤުގެ ސިފައިން ވަނީ އެގައުމުން އައިސިސް ގެ ބާރު ކަނޑުވާލާ މޫސަލްވެސް އަލުން އިރާޤޫ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އޭގެ ތިންމަސް ފަހުން ސީރިއާގެ ރައްޤާގައި ޤާއިމްކޮށްފައިވާ އައިސިސްގެ ވެރިރަށް ވެސް ސީރިއާގެ ފޯސްތަކުން ވަނީ އެމީހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ރިއެކްޝަންސް






