ބާސެލޯނާއިން މެސީގެ 'އައިކޮނިކް' 10 ނަމްބަރު  ޖަރޒީ ޔަމާލްއަށް ދީފި
ޔަމާލްއަށް ބާސެލޮނާގެ 10 ނަމްބަރު ޖަރސީ ހަވާލުކުރަނީ. ފޮޓޯ: ބާސެލޯނާ

ބާސެލޯނާއިން މެސީގެ 'އައިކޮނިކް' 10 ނަމްބަރު ޖަރޒީ ޔަމާލްއަށް ދީފި

18 hours ago - 00:41
Jul 17, 2025 - 06:47

ބާސެލޯނާގެ އާޖެންޓީނާގެ ލެޖެންޑް ލަޔަނަލް މެސީގެ 'އައިކޮނިކް' 10 ނަމްބަރު ޖަރޒީ އެކްލަބުން ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާއަށް ދީފިއެވެ. ޔަމާލްއަށް 18 އަހަރު ފުރިފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

މެސީއަށް އަށްފަހު 10 ނަމްބަރު ބޭނުންކުރީ އަންސޫ ފަޓީއެވެ. ނަމަވެސް މިމަހު ކުރީކޮޅު އޭނާވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އޭއެސް މޮނާކޯ އަށް ބަދަލުވެފައެވެ.

10 ނަމްބަރު ޖަރޒީ ހަވާލުކުރުން އޮތީ ޔަމާލް ކްލަބްގެ އެއްބަސްވުން އާކުރަން ބޭއްވި ހަލްފާއާވެސް އެކުއެވެ. ޔަމާލްގެ މަންމަ އާއި ބައްޕަގެ އިތުރުން އޭނާގެ މާމަވެސް ބައިވެރިވި މިހަފްލާގައި މިދިޔަމަހު އެއްބަސްވި ގޮތަށް ޔަމާލް 2031 އާ ހަމައަށް ބާސެލޯނާއާ އެކު ކުރިއަށް ދިއުމަށް ވަނީ އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. 

ޔަމާލްއަށް މެސީގެ 10 ނަމްބަރު ޖަރޒީ ދިންއިރު އުފަންދުވަސް ފާހަގަކުރަން ހޮނިހިރި ދުވަހު ބޭއްވި ހަފްލާއެއްގައި ސްޕެއިންގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޤާނޫނާ ހިލާފް އަމަލެއް އެޕާޓީގައި ހިންގާފައިވާ ކަމުގެ ތުހުމަތުގައި ފާޓީއާ ގުޅޭ މައްސަލައެއް ސްޕެއިންގެ އިދާރާތަކުން ވަނީ ބަލަންފަށާފައެވެ.

Advertisement
Advertisement

2008 ން ފެށިގެން  2021 ވަނަ އަހަރު ފްރާންސްގެ ކްލަބް ޕެރިސް ސެއިންޓް-ޖެމައިން އަށް މެސީ ބަދަލުވުމާހަމައަށްވެސް އޭނާ ބާސެލޯނާގައި ބޭނުންކުރީ 10 ނަމްބަރު ޖަރޒީއެވެ. ބާސެލޯނާއާއެކު މެސީ ވަނީ 10 ލަލީގާއާއި 4 ޗެމްޕިއަންސް ލީގު އުފުލާލާފައެވެ. މެސީއަކީ އަދިވެސް ބާސާއަށް އެންމެ ގިނަ ގޯލް ޖަހައިިދިން ކުޅުންތެރިޔާއެވެ.

"އަަހަރެން ކުޑައިރު އަހަރެންގެ އަބަދުގެވެސް ހުވަފެނަކީ ބާސެލޯނާއަށް ކުޅުން. ބާސެލޯނާގައި އަހަރެން ބޮޑުވެ, 10 ނަމްބަރު ޖަރޒީގައި ކުޅުން. ބާސެލޯނާއަށް އުފަންވި ކޮންމެ ކުއްޖެވެސް އެހުވަފެން ދެކޭނެ. މެސީ އޭނާގެ ގޮތުގައި ކުރިއަށް ދިޔައީ. އަހަރެން ކުރިއަށް ދާނީ އަހަރެންގެ ގޮތުގައި" 10 ނަމްބަރު ޖަރޒީ ލިބުމުން އުފަލުން ހުރި ޔަމާލް ބުނެފައި ވެއެވެ.

ފުރާވަރުގެ ކުއްޖެއްގެ ގޮތުގައި ޔަމާލްވަނީ ބާސެލޯނާއަށް ކުޅުނު 105 މެޗުން 25 ގޯލް ކާމިޔާބުކޮށްދީފައެވެ. ބާސެލޯނާގެ ތާރީޙްގައި އެންމެ ހާއްސަ ޖަރޒީއާެކު މެސީގެ ލެގަސީ ހިފެހެއްޓުމުގެ ޛިންމާ މިއަދު އޮތީ ޔަމާލްގެ ކޮނޑުގައެވެ. 

ދަނޑުންބޭރުގައި ޔަމާލްގެ އަޙްލާގާ ބެހޭގޮތުން ގިނަ  ވާހަކަތަކެއް މިހާރުވެސް އިވެއެވެ. ނަމަވެސް އޭނާ ބުނެފައިވަނީ އޭނާ މަސައްކަތްކުރަނީ ބާސެލޯނާއަށް ކަމަށާއި އެކަމަކު ބާސެލޯނާގެ ދަނޑުން ބޭރުވުމަށްފަހު އޭނާ. އޭނާގެ 'ލައިފް އެންޖޯއި' ކުރާނެ ކަމަށާއި އެކަން އޮންނާނީވެސް އެގޮތަށް ކަމަށެވެ. އަދި އޭނާގެ އާއިލާ ނޫން މީހަކު އޭނަގެ އުޅުމާބޭހޭގޮތުން ފާޑުކިޔުމަކީ އޭނާ ގަޔާވާކަމެއްނޫން ކަމަށްވެސް ޔަމާލް ބުނެފައި ވެއެވެ.

2021ގައި މެސީގެ 10 ނަމްބަރު ޖަރޒީގައި ކުޅެންފެށި ފަޓީއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެ. ބާސެލޯނާގައި ހިފަހައްޓާލެވޭގޮތް ނުވީއެވެ. 

މެސީގެ ކުރިން ބާސެލޯނާގެ 10 ނަމްބަރު ބޭނުންކުރި ލެޖެންޑުންގެ ތެރޭގައި ރޮނާލްޑީނިއޯ, ރިވާލްޑޯ, ރޮމާރިއޯ އަދި ޑިއެގޯ މެރަޑޯނާ ވެސް ހިމެނެއެވެެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow