
ވިކްޓްރީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ތަރިން އެއްބަސްވުން އާކޮށްފި
އަކޫ އާއި އުމެރިއު ވެސް ވަނީ ފުރަތަމަ ޑިވިޝަންގައި ކުޅެން އެއްބަސްވެފަ
ދިވެހި ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު, ވިކްޓްރީ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ތަރިން އެކްލަބްގެ އެއްބަސްވުން އާކޮށްފިއެވެ.
ވިކްޓްރީއާއެކު ފުރަތަމަ ޑިވިޝަންގައި އަލުން ކުޅެން ސޮއިކުރި މުހިއްމު ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި ގައުމީ ޓީމްގެ އެކި މަގާމްތަކަށް ކުރިން ކުޅުނު މުޙައްމަދު އުމެއިރު ހިމެނެއެވެ. މީގެއިތުރުން ޑިފެންޑަރ ހުސައިން ފައިސަލް (ފައިޓޯ) އާއި އަހުމަދު ރިލްވާން (ބެން) ހިމެނެއެވެ.
މީގެތެރެއިން އުމެރިއު އާއި އަކޫ އަކީ ކުރިން ފުރަތަމަ ޑިވިޝަންގައި ވިކްޓްރީއާއެކު ކާމިޔާބީތައް ހޯދި ކުޅުންތެރިންނެވެ. ފައިޓޯވެސް ވަނީ ކުރިންވެސް ވިކްޓްރީއަށް ކުޅެފައެވެ.
ވިކްޓްރީގެ ކޯޗަކަށް ހަމަޖެއްސީ މުޙައްމަދު އާތިފް (އާތީ) އެވެ. ވިކްޓްރީން ވަނީ ތަޖުރިބާ ބޮޑު ބައެއް ކުޅުންތެރިންގެ އިތުރުން ޒުވާން ކުޅުންތެރިންނާއެކު ރަނގަޅު ސްކޮޑެއް އެކުލަވާލާފައެވެ. އެކަމަކު އަދި ޕްރެކްޓިސްއެއް ނުފަށައެވެ.
ރިއެކްޝަންސް






