އޯއައިސީ އަދި ވިލާތުގެ ބޮޑެތި ބާރުތަކުން ޢަރަބިލީގުގެ ޣައްޒާ އާރާސްތުކުރުމުގެ ޕްލޭނަށް އެއްބާރުލުންދޭން ތައްޔާރު
ސުންނާފަތިކޮށްލާފައިވާ މިސްކިތެއް ކައިރީގައި ޣައްޒާގެ ރައްޔިތުން ނަމާދުކުރަނީ. ފޮޓޯ: ރޮއިޓާސް

އޯއައިސީ އަދި ވިލާތުގެ ބޮޑެތި ބާރުތަކުން ޢަރަބިލީގުގެ ޣައްޒާ އާރާސްތުކުރުމުގެ ޕްލޭނަށް އެއްބާރުލުންދޭން ތައްޔާރު

19 hours ago - 00:26
Mar 9, 2025 - 00:27

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި ވިލާތުގެ ބޮޑެތި ބައެއް ޤައުމުތަކުން ޢަރަބިލީގުން އިއުލާންކުރި ޣައްޒާ އާރާސްތުކުރުމުގެ ޕްލޭނަށް އެއްބާރުލުންދޭން ތައްޔާރަށް ތިބިކަން ހާމަކޮށްފިއެވެ.

ފްރާންސް, ޖަރުމަނުވިލާތް, އިޓަލީ އަދި އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރުންގެ ގުޅިގެން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ވަނީ 53 ބިލިއަން ޑޮލަރު ހޭދަވާނެކަމަށް އަންދާޒާކުރެވޭ ޣައްޒާ އާރަސްތުކުރުމުގެ ޕްލޭނަށް ބޭނުންވާ އެހީތެރިކަން ދޭނެކަމަށް ބުނެފައެވެ.

"އެ ޕްލޭނަކީ އެގޮތުގައި ތަންފީޒުކުރެވިއްޖެ ނަމަ, އެއީ ހަޤީގަތަކަށް ހެދޭނެފަދަ ޕްލޭނެއް. އަވަސް އަދި ދިގުދެމިގެންދާ ކުރިއެރުންތަކެއް ލިބި, ފަލަޞްޠީނުގައި ދިރިއުޅެމުންދާ ޣައްޒާގެ ރައްޔިތުން ތަޙައްމަލްކުރަމުންދާ ވޭންދެނިވި ދިރިއުޅުމަށް ތަސައްލީއެއް ލިބިދޭނެ ޕްލޭނެއް" ހަތަރު ޤައުމުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި އެޤައުމުތަކުން ވަނީ ހަމާސްއަށް ޣައްޒާ ހިންގުމުގެ ބާރު ނުދިނުމާށާއި, އިޒްރާއިލްއަށް ހަމާސްގެ ފަރާތުން އިތުރު ނުރައްކަލެއް ކުރިމަތި ނުކުރުމަށްވެސް ގޮވާލާފައެވެ. އަދި އެ ޤައުމުތަކުން ބޭނުންވަނީ ފަލަޞްޠީނިއަން އޮތޯރިޓީ (ޕީއޭ) އިން ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް ކަމުގައިވެސް ބުނެފައި ވެއެވެ.

Advertisement
Advertisement

ތިން ފިޔަވަހި ހިމެނޭގޮތަށް ޕްލޭން އެކުލަވާލީ މިޞްރުންނެވެ. ފާއިތުވި ހަފުތާގައި މިޞްރުގެ ވެރިރަށް ކައިރޯގައި ބޭއްވި ޢަރަބި ލީގުގެ ކުއްލި ސަމިޓްގައި ވަނީ ޕްލޭން އިފްތިތާހްކުރުމަށް އެއްބަސްވެފައެވެ. އޯއައިސީގެ 57 މެމްބަރު ޤައުމުން ރަސްމީކޮށް މި ޕްލޭން ބަލައިގަތީ ހޮނިހިރު ދުވަހު ސައުދިއެރޭބިއާގެ ވެރިރަށް ޖިއްދާގައި ބޭއްވި އެ ޖަމާއަތުގެ ކުއްލި ބައްދަލުވުމެއްގައެވެ.

މުސްލިމް އުންމަތް ތަމްޘީލުކުރާ އެ ޖަމާއަތުން ވަނީ ބައިނަލްއަޤުވާމީ މުޖުތަމައު އަށާއި, ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މާލީ އިދާރާތަކަށްވެސް ޣައްޒާ އަވަހަށް އާރާސްތުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow