ހުޅުމާލެ ފަރުކޮޅުފުށި ކައިރީގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެއްޖެ
ހުޅުމާލެ ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން، އެ އަލިފާންގަނޑު ނިއްވާލުމަށް ސިފައިންނާއި ފުލުހުން ގުޅިގެން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ފަރުކޮޅުފުއްޓާ ދިމާ ބޭރު ސަރަހައްދުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޓީމުތަކާއި ފުލުހުން އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް އަދި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި އަލިފާންގަނޑު ކޮންޓްރޯލްކޮށް، އެއްކޮށް ނިއްވާލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ އެ ސަރަހައްދުގައި ކުރަމުންނެވެ.
ރިއެކްޝަންސް





