
ގެއްލިގެން ހޯދަމުން އަންނަ ޔާމީން އަދިވެސް ނުފެނޭ: ފުލުހުން
ރޭ 11:15 ހާއިރު މާލެއިން ގެއްލިގެން ފުލުހުން ހޯދަން އިއުލާންކުރި 30 އަހަރުގެ ހަސަން ޔާމީން އަދިވެސް ނުފެންނަކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި ގ. ގާނެޓް ހަސަން ޔާމީން އޭނާ ދިރިއުޅޭ ހުކުރުދުވަހުގެ ރޭ 09:25 ހާއިރު ނިކުމެގެން ދިޔަ ފަހުން އެއްވެސް ހަބަރެއް ނުވެގެން އާއިލާއިން އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 08:30 ހާއިރުއެވެ.
އެހެންކަމަނުް އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދި ފުލުހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޔާމީން އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 3322111 އަށް ގުޅުއްވާ އެކަން ހިއްސާ ކުރެއްވުމަށެވެ. މީގެ އިތުރުން ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ގެ ނަމްބަރު 94000053 އަށް ގުޅާ އެކަން ހިއްސާކޮށްދިނުމަށްވެސް ފުލުހުން އެދިފައި ވެއެވެ.
ރިއެކްޝަންސް






