ޝައިޚު ފަރީދުގެ ޖަނާޒާ ބާއްވާނީ މެލޭޝިޔާގައި
ޝައިޚު ފަރީދު

ޝައިޚު ފަރީދުގެ ޖަނާޒާ ބާއްވާނީ މެލޭޝިޔާގައި

22 hours ago - 10:53
Jun 10, 2025 - 10:55
Advertisement
Advertisement

 

އިއްޔެ އިރުއޮއްސޭއިރު ކުއްލި ގޮތަކަށް ނިޔާވި ޝައިޚު އިބްރާހީމް ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަން އާއިލާއިން ނިންމައިފިއެވެ.

އިއްޔެ ރާއްޖެއިން މެލޭޝިޔާއަށް ވަޑައިގެން, ބޯޓުން ފޭބިފަހުން އެއަޕޯރޓް ތެރެއަށް ވެއްޓި ކުއްލި ގޮތަކަށް ޝައިޚު ނިޔާވުމުން ފުރަތަމަ އާއިލާއިން މަސައްކަތް ކުރީ ޖަނާޒާގެ ކަންކަން ރާއްޖޭގައި ކުރިއަށްގެންދިއުމަށް ހަށިގަނޑު މާލެ ގެނައުމަށެވެ. އެކަމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ފެށިނަމަވެސް, އެކަމުގައި އުނދަގޫތައް ކުރުމަތި ވުމުންނާއި, އެކަމުގެ ތެރޭގައި ޝައިޚު އަބަދުވެސް ދެކޮޅު ހައްދަވާ ޕޯސްޓްމޯޓަމް ހެދުންވެސް ހިމެނޭތީ ނިންމުން ބަދަލުކުރީ ކަމަށް އާއިލާއިން ބުންޏެވެ.

އާއިލާގެ މެމްބަރުންގެ ތެރެއިން ރަށުގައި ދިރިއުޅޭ ބައެއް މެމްބަރުން ރޭގެ ވަގުތެއްގައި ވަނީ މާލެ ގޮސްފައެވެ. އަދި މިއަދުވެސް ބައެއް މެމްބަރުން މާލެ ދާނެއެވެ. އާއިލާ މެމްބަރުން ތައްޔާރުވަނީ މެލޭޝިޔާއަށް ދިއުމަށެވެ.

Advertisement
Advertisement

ޝައިޚު ފަރީދަކީ ދައުވަތުގެ ކަންކަން އެންމެ ފުޅާކޮށް ކުރައްވާ އެއް ޝައިޚެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހުރި ހުރަސްތަކުގެ ތެރެއިން ހުރަސްތަކާ ދެކޮޅަށް އެމަސައްކަތް ކުރެއްވި ހިތްވަރުގަދަ ބޭފުޅެކެވެ.

މިފަހުން މަސައްކަތް ކުރައްވަމުން ގެންދެވީ އަމިއްލަ އުމްރާ ގްރޫޕްގައި އުމްރާއަށް މީހުޖް ގެންދިއުމާއި, ޚިދުމަތް ޖަމްއިއްޔާގެ ތެރެއިން އިންސާނީ އެހީތެރިކަން ފޯރުކޮށްދީ ދައުވަތުގެ ކަންކަން ކުރިއަށް ގެންދިއުމުގައެވެ. މެލޭޝިޔާއަށް ވަޑައިގެންނެވީވެސް އެފަދަ ޕްރޮގްރާމެއްގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement